ބައިގަރުނަށް ފަހު ލަސް ޕަލްމާސް އަށް ބާސެލޯނާ ދަނޑުގައި މޮޅެއް

Nov 30, 2024, 3:24 PM
ބައިގަރުނަށް ފަހު ލަސް ޕަލްމާސް އަށް ބާސެލޯނާ ދަނޑުގައި މޮޅެއް

ބާސެލޯނާ (ނޮވެމްބަރު 30) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން މިރޭ ކުޅުުނު މެޗުން އަމިއްލަ ދަނޑުގައި ލަސް ޕަަލްމާސް އަތުން 2-1 އިން ބަލިވެއްޖެ އެވެ.

މިއީ، 1971 ވަނަ އަހަރުގެ ފަހުން، ބާސެލޯނާ ދަނޑުގައި ލަސް ޕަލްސްމާސް އިން ހޯދި ފުރަތަަމަ މޮޅެވެ. އެހެންކަމުން، މިއީ، 53 އަހަރު ތެރޭ ބާސެލޯނާ ދަނޑުގައި އެ ޓީމުގެ މައްޗަށް ލަސް ޕަލްމާސް އިން ކުރިހޯދި ފުރަތަމަ ފަހަރެވެ.

މިރޭގެ ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ބާސެލޯނާ މި ވަގުތު އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 13 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.

ރެއާލުން މެޗު ހަމަކުރާއިރު، ބާކީ އޮތް ދެ މެޗުން މޮޅުވެއްޖެނަމަ، ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއްނުޖެހި ނިމުނުއިރު، ދެ ވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ ލަސް ޕަލްމާސް އިން ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސަންޑްރޯ ރަމިރޭޒް އެވެ.

ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 61 ވަަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ، ލަސް ޕަލްމާސް އަށް ކުރިން ކުޅުނު ޕެޑްރީ ދިން ބޯޅައަކުން މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަފީނިއާ އެވެ.

ލަސް ޕަލްމާސް އިން ހިތްވަރު އެލުވައިނުލާ ރަނގަޅަށް ކުޅެ މެޗުން މޮޅުވި ގޯލު ޖެހީ، ބާސެލޯނާ އިން އެއްވަރުކުރިތާ އަށް މިނިޓް ފަހުންނެވެ. މި ލަނޑު ޖެހީ ފަބިއޯ ސިލްވާ އެވެ.

ހަންސީ ފްލިކްގެ ކޯޗުކަމުގައި ރަނގަޅު ފޯމެއްގައި މި ފަހަރުގެ ސީޒަން ފެށި ބާސެލޯނާ އިން މި ވަނީ ލީގުގައި ތިން ވަނަ މެޗަކުން ބަލިވެފަ އެވެ. މި މެޗަކީ، މި ހަފްތާ ބަންދުގައި ބާސެލޯނާގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ.

ލީގުގެ 14 ވަނައިގައި އޮތް ލަސް ޕަލްމާސް އަށް 15 މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox