ގާޑިއޯލާ ބުނީ ގޯސް ހާލަތުގައި ފިލަން ބޭނުންނޫން ކަމަށް

Nov 30, 2024, 5:37 AM
ގާޑިއޯލާ ބުނީ ގޯސް ހާލަތުގައި ފިލަން ބޭނުންނޫން ކަމަށް

މެންޗެސްޓާ (ނޮވެމްބަރު 30) - މެންޗެސްޓާ ސިޓީ މި ވަގުތު އޮތީ މީގެ ކުރިން އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ކުރިމަތިލާންޖެހިފައިވާ ހާލަތެއްގައި ނޫން ކަމަށާއި އެހެންކަމުން، އޭނާ ބޭނުންވަނީ ފިލައިގެން އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސުގެ ފެންވަރު ސާބިތުކުރަން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީން ޖެހިޖެހިގެން ފަސް މެޗުން ބަލިވިއިރު، އެންމެ ފަހުން ކުޅުނު މެޗުގައި، ޗެމްޕިއަންސް ލީގުގައި ފެޔަނޫޑާ ދެކޮޅަށް، 3-0 އިން ކުރީގައި އޮއްވައި، ފަހު ވަގުތު ވަން ގޯލުތަކާ އެކު ސިޓީ ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ސިޓީ އަށް މޮޅެއް ލިބިފައިނުވާއިރު، ވިއްސަކަށް އަހަރުވާން ގާތްވެފައިވާ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވެހުރި ޓީމެއް، މޮޅެއް ނުލިބި ހަތް މެޗު ނިންމާލަން ޖެހިފައި ނުވެ އެވެ.

ލީގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ގާޑިއޯލާ ބުނީ، މިއީ އޭނާ އަށް ވެސް އުނދަގޫ ވަގުތުތަކެއް ކަމަށެވެ.

"މިއި ފަސޭހަ ވަގުތެއް ނޫން. އަހަރެމެން އުންމީދުކޮށްގެން ވެސް ނުވާނެ އަބަދު ރަތް ކާޕެޓުގައޭ އަހަރެމެން . އުޅެން ޖެހޭނީ، ތެދެއް، ވަރަށް ރަނގަޅަށް ކަންކަން ދާނީ 12 ނޫނީ 13 މެޗުން ޖެހިޖެހިގެން މޮޅުވާއިރު، އެންމެން ފިޓްކޮށް ތިބެ، އެންމެން ފޯމުގައި ތިބެ، 26، 27، 28 ގައި ކުޅެލާއިރު، އެކަމަކު މިއީ ޗެލެންޖަކީ، އަހަރެން ފިލާކަށް ނޫޅެން ހަގީގަތާ ކުރިމަތިލައި އަމިއްލަ ނަފްސު ސާބިތުކޮށްދޭން ބޭނުމީ" ދާދި ފަހުން ސިޓީއާ އެކު، ހެދި ކޮންޓްރެކްޓް ދެ އަަހަރަށް އާ ކުރި ގާޑިއޯލާ ބުންޏެވެ.

ސިޓީއާ އެކު ކޮންޓްރެކްޓް އާ ކުރުމަކީ ގޯސްކޮށް ނިންމުނު ނިންމުމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ހާލަތު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ލިވަޕޫލް އަތުން ބަލިވެއްޖެނަމަ، މި ދެ ޓީމުގެ ޕޮއިންޓުގެ ފަރަގު 11 ޕޮއިންޓަށް ބޮޑުވާނެ އެވެ. ގާޑިއޯލާ ބުނީ، މި ވަގުތު ނެގެޓިވް ވިސްނުންތަކަށް ވުރެ ވިސްނަނީ ކަންކަން ރަނގަޅުކުރުމަށް ކަމަށާއި ހާލަތު ބަދަލުކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ސިޓީ އަށް އެނގޭ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox