ޑިސެމްބަރު 10، ގައި އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަނީ، މުޅި ރާއްޖެއަށް ދައުވަތު ދީފި

އެމްޑީޕީން އެންމެ ފަހުން ކާނިވަލުގައި ބޭއްވި ޖަލްސާގެ ތެރެއިން : އެ ޕާޓީން ޑިސެމްބަރު 10، ގައި އަނެއްކާ އެ ސަރަހައްދަށް އެއްވަނީ ---- ފޮޓޯ: އަދަދު

އެމްޑީޕީން އެންމެ ފަހުން ކާނިވަލުގައި ބޭއްވި ޖަލްސާގެ ތެރެއިން : އެ ޕާޓީން ޑިސެމްބަރު 10، ގައި އަނެއްކާ އެ ސަރަހައްދަށް އެއްވަނީ ---- ފޮޓޯ: އަދަދު

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ" ނަމުގައި އަންނަ ޑިސެމްބަރު 10، ގައި އިދިކޮޅު އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި، އެ ޖަލްސާގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ދައުވަތު ދީފި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާއި ގައުމީ މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރާ ޑިސެމްބަރު 10، ގައި މި ޖަލްސާ އޮންނާނެކަން އިއުލާނުކުރެއްވީ އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ. މި ޖަލްސާ ބާއްވަނީ އަލިމަސް ކާނިވަލް ސަރަހައްދުގަ އެވެ.

ވަހީދު އާންމު ކުރެއްވި ޕާޓީގެ އިއުލާނުގައި ބުނީ، މި ޖަލްސާއަކީ ގިނަ ބައެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުން ދާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ޖަލްސާއެއް ކަމަށެވެ.

އިބުރޭގެ ފަހުން ވާހަކަ ދެއްކެވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ޖަލްސާއަށް ދައުވަތު ދެއްވައިފަ އެވެ. ހުރިހާ ޕާޓީއެއްގެ މެންބަރުންނަށް ވެސް އޭނާ ދައުވަތުދެއްވި އެވެ.

ހާއްސަކޮށް މަސްވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ޖަލްސާގައި ބައިވެރިވުމަށް ނާޒިލް އެދިވަޑައިގަތެވެ. މި ސަރުކާރުން އެ ދެ އިންޑަސްޓްރީއަށް ދެމުންދާ ގެއްލުންތައް އޭނާ ވަނީ ވަކިވަކިން ފާހަގަކުރައްވައިފަ އެވެ.

އެގޮތުން މަސްވެރިންނަށް ފައިސާ ނުދީ އެތައް ދުވަހެއް ލަސްވެގެންދިޔަ އެތައް ފަހަރަކާއި ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ލިބެމުންދާ ގެއްލުންތައް ނާޒިލް ފާހަގަކުރެއްވި އެވެ.

މި އެއްވުން ވެގެންދާނީ މިދިޔަ އަހަރު ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީން ކާނިވަލުގައި ބާއްވާ ފުރަތަމަ ޖަލްސާއަށެވެ. އަދި، އެ ޕާޓީން އަހަރެއްހާ ދުވަހުގެ ތެރޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox