ނަޓްވަރުލާލް؛ ތާޖްމަހަލް ވިއްކާލި ގާނޫނީ ވަކީލު

ނަޓްވަރުލާލު ދެއަތުގައި ދެ ފުލުހުން ހިފަހައްޓައިގެން. -- އާޓްވޯކް: އިސްމާއީލް އިމްދާދު

ނަޓްވަރުލާލު ދެއަތުގައި ދެ ފުލުހުން ހިފަހައްޓައިގެން. -- އާޓްވޯކް: އިސްމާއީލް އިމްދާދު

އިންޑިޔާގެ ގާނޫނީ ވަކީލު މިތުލޭޝް ކުމާރު ސްރީވާސްތަވް، ނުވަތަ މަޝްހޫރު ނަމުން ނަމަ ނަޓްވަރުލާލް އުފަންވީ 1912 ވަނަ އަހަރު އިންޑިޔާގެ ބިހާރު ސްޓޭޓްގައެވެ. ނަޓްވަރުލާލް އަކީ ގާނޫނީ ވަކީލެއް ނަމަވެސް އޭނާ މަޝްހޫރުކަން ހޯދީ ޓެކުމުންނެވެ. ޓެކުމަކީ އާމްދަނީ ހޯދުމަށްޓަކައި ކުރާ ރަސްމީ މަސައްކަތަކަށް ހެދިއިރު އެ ދާއިރާގައި ވެސް އާދަޔާހިލާފް ކަންތައްތަކެއް އޭނާ ކޮށްފައި އެބަހުއްޓެވެ.

ޓެކުމުގެ ކުށުގައި ނަޓްވަރުލާލް 9 ފަހަރަކު ހައްޔަރު ކުރެވިފައި ވެ އެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާ ވަނީ ޖަލުން ފިލާފަ އެވެ. 1979 ވަނަ އަހަރު އޭނާ ހައްޔަރުކުރެެވުނު އިރު، ޓެކުމުގެ 100 އަށްވުރެ ގިނަ މައްސަލަތަކުގައި އިންޑިޔާގެ 8 ސްޓޭޓެއްގެ ފުލުހުން ދިޔައީ އޭނާ ހޯދަމުންނެވެ. އޭނާގެ މައްޗަށް ބައެއް މައްސަލަތަކުގެ ޝަރީއަތް ހިންގި 113 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެވުނެވެ. އޭގެ 20 އަހަރު ފަހުން އޭނާ ވަނީ އުމުރުން 84 އަހަރުގައި، ބޭސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ޖަލުން ފިލާފަ އެވެ. އޭގެ ފަހުން މިހާތަނަށްވެސް އޭނާ ފެނިފައެއް ނުވެ އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ބުނާ ގޮތުން އޭނާ ވަނީ 1996 ވަނަ އަހަރު މަރުވެފަ އެވެ.

ނަޓްވަރުލާލް އަކީ ސިފަ ބަދަލުކުރުމާއި، ސޮއި ނަކަލު ކުރުމުގައި އަރާހުރި މާހިރެކެވެ. ތަފާތު އެތައް ބަހަކުން ފަރިތަކަމާއެކު ވާހަކަ ދައްކައެވެ. އޭނާ ވަނީ ޓެކުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގާފަ އެވެ. ގިނަ ކަންތައްތައް ހިންގާލާފައި ހުރީ އޭނާ އެކަންޏެވެ. އޭނާ ގަބޫލުކުރި ގޮތުގައި އެކަހަލަ މަސައްކަތްތަކުގައި އެންމެ ކާމިޔާބު ގޮތަކީ އިތުރު އެއްވެސް މީހަކު ޝާމިލު ނުކުރުމެވެ. މަސައްކަތުގެ ގޮތުން އިތުރު ބަޔަކު ޝާމިލުކުރަންޖެހުނު ނަމަވެސް އެ މީހަކަށް ކަނޑައެޅޭ ރޯލުގެ އިތުރުން އެހެން އެއްވެސް މައުލޫމާތެއް ނޭންގުމަކީވެސް މުހިންމު ކަމެއްކަމަށް އޭނާ ދެކެ އެވެ.

ނަޓްވަރުލާލް އެއްފަހަރަކު، އިންޑިޔާގެ އޭރުގެ ފިނޭންސް މިނިސްޓަރު، އެން.ޑީ. ތިވާރީގެ، އެސިސްޓެންޓް ކަމުގައި ދައްކައިގެން، ގަޑި ވިއްކާ ފިހާރައަކަށް ގޮސް 93 ގަޑި ގަންނަން އޯޑަރު ދިނެވެ. އަދި އެއީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ހަދިޔާކުރުމަށް ސަރުކާރުން ގަންނަ ގަޑިތަކެއް ކަމަށްބުނެ ކޮންމެ ގަޑިއެއްވެސް އޭގެ އަގަށްވުރެ ބޮޑުކޮށް ރަސީދު ހެދުމަށްވެސް ބުންޏެވެ. ޖެހިގެން އައިދުވަހު ގަޑިތައް ބަލާ ދިޔައީ ސަރުކާރުގެ އިސްފަރާތްތަކުން ބޭނުންކުރާ ވައްތަރުގެ ކާރެއްގަ އެވެ. ގަޑިތަކާ ހަވާލުވުމަށްފަހު ދޫކުރީ ބޭންކަރސް ޗެކެކެވެ. އެއީ ނަކަލުކޮށްފައިވާ އެއްޗެއްކަން ފިހާރައިގެ ވެރިފަރާތަށް އެނގުނީ ބޭންކުން އެކަން އެންގުމުންނެވެ. ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ސާފުކުރިއިރު އެއީ ފިނޭންސް މިނިސްޓްރީއާ ގުޅުންހުރި މުއާމަލާތެއް ނޫންކަންވެސް ކަށަވަރުވި އެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގެ ތެރޭގައި ނަޓްވަރުލާލް ވަނީ ބޮމްބޭގެ ޓެކްސްޓައިލް ކޮމިޝަނަރގެ ޕާރޗޭސް އޮފިސަރ ކަމަށް ދައްކައިގެން އަންނައުނު އުފައްދާ އެތައް ކުންފުނިތަކަކަށް ލަނޑުދީފަ އެވެ. ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަންޖެހޭ ފައިސާކަމަށް ބުނެ، އެތައް މިލިޔަނެއް ވިޔަފާރިވެރިން އަތުން ނަޓްވަރުލާލް ވަނީ އަތުލާފަ އެވެ.

ބަޓްވަރުލާލް ލަނޑުދިން ވިޔަފާރިވެރިންގެ ތެރޭގައި ޓާޓާ، ބިރްލާ، އަންބާނީ އާއިލާވެސް ހިމެނޭކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ވިޔަފާރިވެރިޔަކު އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އެފަދަ މައްސަލައެއްވެސް އެއްވެސް އިދާރާއަކަށް ހުށަހަޅާފައެއްވެސް ނުވެ އެވެ.

ނަޓްވަރުލާލްއާ ބެހޭ ގޮތުން އަޑުއިވޭ އެންމެ އާދަޔާ ހިލާފު ވާހަކައަކީ، އިންޑިއާގެ ތާޖްމަހަލްއާއި، ރެޑްފޯޓްއާއި، އިންޑިޔާގެ ރައީސް ދިރިއުޅުއްވާ ގެކޮޅު، ރާޝްތުރަޕަތީބަވަން އާއި، އިންޑިޔާގެ ޕާލަމެންޓް ހައުސް، އެމަޖިލީހުގެ 545 މެންބަރުންނާއެކު ވިއްކާލި ވާހަކަ އެވެ. މީގެ ތެރެއިން އިންޑިޔާގެ ތާޖްމަހަލް ވަނީ 3 ފަހަރު ވިއްކާލާފަ އެވެ.

މިތަންތަން ވިއްކާލާފައިވަނީ ސަރުކާރުގެ ނުފޫޒުގަދަ އޮފިޝަލެއް ކަމުގައި ދައްކައިގެންނެވެ. މި އޮޕަރޭޝަންތަކުގައި ނަޓްވަރުލާލް ވަނީ ގަންނަ މީހާއަށް ގަބޫލުކުރެވޭނޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަށް އެތައް ބަޔަކު ބޭނުންކޮށްފަ އެވެ. ގަންނަ މީހާއަށް ތާޖްމަހަލް ވިއްކާލާކަން ޔަގީންވެގެން، އެފުރުސަތު ހޯދުމަށް ނަޓުވަރުލާލްއަށް ހުށަހަޅަނީވެސް އޭނާގެ އިސްނެގުމުގަ އެވެ. ނަޓުވަރުލާލް އެކަމަށް އެއްބަސްވާނީ ގަންނަ މީހާ އެތައް އާދޭހެއްކޮށް، އެކަމުގައި ދޭ އަގު އެތައް ގުނައަކަށް އިތުރުކުރުމަށް އެއްބަސްވުމުންނެވެ. މިގޮތަށް ވިއްކާލާއިރު ނަޓްވަރުލާލް ނަގަނީ ވިއްކާލުމުގެ އަގެއް ނޫނެވެ. ވިއްކާލުމުގެ ފުރުސަތު ހޯދައިދޭތީ އޭނާއަށް ލިބޭ ކަޓެވެ. މިވާހަކަތައް ނަޓްވަރުލާލްއާ ގުޅިގެން ރިޕޯޓުކުރެވިފައިވީނަމަވެސް، މިމައްސަލަތަކުގައި ޝަރީއަތެއް ހިނގާފައިނުވާތީ އެއީ ހަގީގަތުގައިވެސް ހިނގިކަމެއްތޯ ސާބިތުވާ ވަރުގެ ހެކިތަކެއް ނެތެވެ. ތާޖުމަހަލް ގަންނަން ފައިސާ ދިން ބަޔަކު ލަދުންވެސް އެ މައްސަލައެއް ހުށަނާޅާނެ އެވެ.

ނަޓުވަރުލާލްގެ އަމަލުތައް މިހެން ހުރިނަމަވެސް އޭނާ ވެފައިވަނީ އޭނާ އުފަންވި ސަރަހައްދުގައި މަގުބޫލު މީހަކަށެވެ. އޭނާ ދަންނަ މީހުން އޭނާއާމެދު ބުނަނީ އޭނާއަކީ ދުވަހަކުވެސް މީހަކަށް އަނިޔާވެރިވި މީހެއް ނޫންކަމަށާއި، އޭނާ ލަނޑުދެނީވެސް މުއްސަނދިންކަމަށާއި، އަދި އެ ފައިސާގެ ތެރެއިން ބޮޑުބައެއް ފަގީރުންނަށް ހޭދަކުރާ ކަމަށެވެ. އެ އަވަށުގެ މީހުންނަށް އޭނާ ވެފައިވަނީ އޭރުގެ ރޮބިންހުޑަށެވެ.

އިންޑިޔާގެ ފުލުހުން މިހާރު ދަނީ ނަޓްވަރުލާލް 50 އަހަރު ވަންދެން ހިންގަމުން ދިޔަ ހުރިހާ ޖަރީމާތަކުގެ މައުލޫމާތު އެއްކޮށް، އޭނާ ބޭނުންކޮށްފައިހުރި އުކުޅުތައް ދިރާސާކުރުމުގެ މަސައްކަތްކުރަމުންނެވެ. މި މަސައްކަތް އަދިވެސް ފުރިހަމަކުރެވިފައެއް ނުވެއެވެ. ނަޓްވަރުލާލް އަކީ ވިސްނުން ތޫނު، އެހެން މީހުންގެ މައްޗަށް ނުފޫޒު ހިންގުމަށް ކުޅަދާނަ މީހެކެވެ. އެކަމަކު އޭނާގެ ހުނަރު ބޭނުންކުރީ މީހުން ލޫޓުވުމަށެވެ.

* މި މަޢުލޫމާތު ނަގާފައިވާނީ ނަޓްވަރުލާލްއާ ބެހޭ ގޮތުން ދަ ޓައިމްސް އޮފް އިންޑިޔާގައި ލިޔެފައިވާ ތިރީގައި އެވާ ލިޔުމުންނެވެ.

"Nuts about Natwarlal". The Times of India. 23 April 2011. Retrieved 3 August 2012.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox