ރާއްޖޭގެ ފުރަތަމަ "ބްރެއިން ލެބް" ވިލާ ކޮލެޖުގައި ހުޅުވައިފި

ވިލާގެ ބްރައިން ލެބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު

ވިލާގެ ބްރައިން ލެބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު

ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ގާއިމުކުރި "ވީ ވޭވްސް – ބްރެއިން އެންޑް ބިހޭވިއާ ލެބް" ވިލާ ކޮލެޖުގައި ހުޅުވައިފި އެވެ.

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ވިލާ ކޮލެޖުގައި ބާއްވާ ހާއްސަ "ސައިކޮލޮޖީ ސިމްޕޯޒިޔަމް" ގެ ތެރެއިން އެ "ބްރެއިން ލެބް" ހުޅުވައި ދެއްވީ ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް، ޑރ. އާފިޔާ އަލީ އެވެ.

އެ ރަސްމިއްޔާތުގައި ޑރ. އާފިޔާ ވިދާޅުވީ އެފަދަ ލެބެއް ގާއިމުކުރުމުން، ސައިކޮލުޖީ އަދި ކްލިނިކަލް ދާއިރާއިން ފަރުވާ ހޯދާ ފަރާތްތަކަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފަރުވާ ދިނުން ހަރުދަނާވެގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި "ބްރެއިން ލެބް" ގައި ސިކުނޑީގެ ހިނގުންތައް ބެލުމަށް ބޭނުންކުރާ އިލެކްޓްރޯ އެންސެފަލޯގްރާމް (އީއީޖީ) ބޭނުން ކުރާގޮތް ވަނީ ދައްކާލާފަ އެވެ.

އީއީޖީގެ އެހީގައި ބްރެއިން ވޭވްސް މޮނިޓާ ކުރާގޮތާއި، ނިއުރޯ ސައިންސް އަދި ސައިކޮލޮޖީގެ ދާއިރާއިން ދިރާސާގެ މައްޗަށް ބިނާކޮށް، ޑިޕްރެޝަން، އެންޒައިޓީ، އޯޓިޒަމް، އެޓެންޝަން ޑެފިސިޓް ޑިސްއޯޑާސް، އަލްޒައިމާސް، އަދި ޑިމެންޝިއާ ފަދަ ކަންތައްތަކަށް ފަރުވާ ދިނުމަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ރަސްމިއްޔާތުގައި ވިލާ ކޮލެޖުން ނެރޭ ސައިކޮލޮޖީ ބުލެޓިންގެ ހަތަރުވަނަ، ފަސްވަނަ، އަދި ހަވަނަ އަދަދު ވެސް ވަނީ ނެރެފައެވެ.

އެ ބުލެޓިންގައި ވިލާ ކޮލެޖުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން، ސައިކޮލޮޖީ އަދި ކައުންސެލިންގެ އެކި ދާއިރާއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނާފައިވެ އެވެ.

އޭގެ އިތުރުން، ވިލާ ކޮލެޖުގައި ސައިކޮލޮޖީ އަދި ކައުންސެލިންގެ ދާއިރާއިން މިހާރު ކިޔަވާ ދަރިވަރުންގެ ޕެނަލް ޑިސްކަޝަން އަދި ރިސާޗް ޕްރެޒެންޓޭޝަންތައް ވެސް "ސައިކޮލޮޖީ ސިމްޕޯޒިޔަމް" ގައި ވަނީ ހުށަހަޅާފަ އެވެ.

ވިލާ ކޮލެޖުން ބުނީ އެފަދަ ޕެނަލް ޑިސްކަޝަން އަދި ރިސާޗް ޕްރެޒެންޓޭޝަންތައް ބޭއްވުމުގެ މަގުސަދަކީ ދާއިރާގެ އެކި މައުލޫއުތަކަށް، ވިލާ ކޮލެޖުގައި ކިޔަވާ ކުދިން އަހުލުވެރިކުރުމަށާއި، އެ ކުދިންގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox