ޓޫރިޒަމް މިނިސްޓަރު ފައިސަލް އާއި އަދީބު ރާއްޖެއިން ބޭރުގައި ބައްދަލު ކުރައްވައިފި

މިނިސްޓަރު ފައިސަލް އާއި ކުރީގެ ނައިބު ރައީސް އަދީބު ބޭރު ގައުމެއްގައި ބައްދަލުކުރާ ފޮޓޯ ---

މިނިސްޓަރު ފައިސަލް އާއި ކުރީގެ ނައިބު ރައީސް އަދީބު ބޭރު ގައުމެއްގައި ބައްދަލުކުރާ ފޮޓޯ ---

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭރު ގައުމެއްގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

އަދީބު އާއި ފައިސަލް ބައްދަލު ކުރެއްވުމަށްފަހު ނަގާފައިވާ ފޮޓޯއެއް މިހާރު އިންޓަނެޓުގައި ވެސް ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެއީ ކޮން ގައުމަކު އަދި ކޮން އިރަކު ނަގާފައިވާ ފޮޓޯއެއް ކަމެއް ނޭނގެ އެވެ.

މި ހަބަރު ޝާއިއު ކުރިއިރު، އަދީބު އަދި ފައިސަލްގެ ވެސް ބަހެއް ނުލިބުނެވެ.

ނަމަވެސް، މި ބައްދަލުވުން ކުރިއަށްދިޔަކަން އެކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ވަނީ މި ނޫހަށް ޔަގީންކޮށްދީފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ލިބުމާއެކު މި ނޫހުން ވާނީ މިއީ އަސްލު ފޮޓޯއެއްތޯ ބެލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން ނުވަތަ އެޑިޓުކޮށްގެން އުފައްދާފައިވާ އަސްލު ނޫން ފޮޓޯއެއްތޯ ވެސް މި ނޫހުގެ ޓީމުން ވާނީ ބަލާފަ އެވެ.

އޭއައި ފޮޓޯއެއް ނޫންކަން ކަށަވަރުކޮށް މި ނޫހުން ހޯދި ހޯދުން ---
އޭއައި ފޮޓޯއެއް ނޫންކަން ކަށަވަރުކޮށް މި ނޫހުން ހޯދި ހޯދުން ---

އޭއައި ފޮޓޯއެއް ނޫންކަން ކަށަވަރުކޮށް މި ނޫހުން ހޯދި ހޯދުން ---

އެ މަސައްކަތުގެ ތެރެއިން މި ނޫހުގެ ޓީމުން ބޭނުންކުރި ހުރިހާ ޓޫލަކުން ވެސް ވަނީ މިއީ އޭއައި ޖެނޭރެޓު ނުވަތަ އެޑިޓުކޮށްފައިވާ ފޮޓޯއެއް ނޫންކަން ޔަގީންވެފަ އެވެ. ނަމަވެސް ފޮޓޯގެ އިތުރު ޑޭޓާއެއް ހޯދޭ ގޮތް ވަނީ ނުވެފަ އެވެ.

ފޮޓޯގެ އަސްލު ކަށަވަރުކުރަން މި ނޫހުން ކުރި މަސައްކަތުގެ ތެރެއިން ހޯދިފައިވާ ބައެއް ނެގެޓިވް ތައް ---
ފޮޓޯގެ އަސްލު ކަށަވަރުކުރަން މި ނޫހުން ކުރި މަސައްކަތުގެ ތެރެއިން ހޯދިފައިވާ ބައެއް ނެގެޓިވް ތައް ---

ފޮޓޯގެ އަސްލު ކަށަވަރުކުރަން މި ނޫހުން ކުރި މަސައްކަތުގެ ތެރެއިން ހޯދިފައިވާ ބައެއް ނެގެޓިވްތައް ---

މީގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ސިންގަޕޫރުގައި އަދީބުއާ ބައްދަލު ކުރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް، އޮގަސްޓު މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުގައި އަދީބު އާ ބައްދަލުނުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން އަދި ނައިބު ރައީސްކަން ކުރެއްވި އަދީބު މަގާމުން ވަކިކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކުރި ނަމަވެސް، މިނިވަންވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު އަދަބު ލުއިކޮށްދެއްވުމުންނެވެ.

މިނިވަންވުމަށްފަހު އަދީބު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ. އެގޮތުން އިރުމަތީ އޭޝިއާގެ ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކުން އޭނާ ވަނީ އެކި ފަހަރުމަތިން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ. މިވަގުތު އަދީބު ހުރި ގައުމެއް ޔަގީނެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox