ބްލެންކެޓްކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގެސްޓްހައުސް އެސޯސިއޭޝަނުން ދެކޮޅު، ބުނީ ސިފައިންނަށް ވެސް އާދެވެން ޖެހޭނެ ކަމަށް

މިއަދު 241 ކޮމިޓީއަށް ހާޒިރުވި ގެސްޓްހައުސް އެސޯސިއޭޝަނުގެ އިސްވެރިން --- ފޮޓޯ: މަޖިލިސް އިދާރާ

މިއަދު 241 ކޮމިޓީއަށް ހާޒިރުވި ގެސްޓްހައުސް އެސޯސިއޭޝަނުގެ އިސްވެރިން --- ފޮޓޯ: މަޖިލިސް އިދާރާ

އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށް "ބްލޭންކެޓްކޮށް" ޕާސްޕޯޓް މަނާކުރުމާ ދެކޮޅު ކަމަށާއި ތާއީދުކުރަނީ ހަމައެކަނި އިޒްރޭލުގެ ވެރިން ރާއްޖެ އައުން މަނާކުރަން ކަމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭ) އިން ބުނެފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން މިހެން ބުނީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މީގެ ފަސް މަސްދުވަސް ކުރިން ހުށަހެޅި ބިލުގެ ކޮމިޓީ މަރުހަލާގައި މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދަން އެހުމުންނެވެ.

އެގޮތުން، ބްލެންކެޓުކޮށް އިޒްރޭލު ޕާސްޕޯޓު މަނާކޮށްފިނަމަ ފަތުރުވެރިކަމަށް ބުރޫއަރާނެ ކަމަށާއި، އެ ވާހަކަ ދެކެވުމާއެކު މިހާރު ވެސް އިޒްރޭލުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށް އެ އެސޯއިއޭޝަނުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

"ޖުމްލަކޮށް ޕާސްޕޯޓު ބޭންކުރަން އަޅުގަނޑުމެން އެއްވެސް ގޮތަަކަށް ތާއީދެއް ނުކުރަން މުޅި އިޒްރޭލުގެ މައްޗަކަށް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅުއްވާ ފަލަސްތީނުގަ ގެންގުޅޭ މުސްލިމު ރައްޔިތުން ވެސް،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕު އޮންނަ މީހުން ކަމަށާއި އެހެންކަމުން މި ބިލުގެ މަގުސަދާމެދު ވެސް އޭނާ ސުވާލުއުފެއްދެވި އެވެ. ގެސްޓްހައުސް އެސޯއިއޭޝަނުގެ ފަރާތުން ދެން ހުށަހެޅީ އިޒްރޭލުގެ ވެރިން ރާއްޖެއަށް އައުން މަނާކުރުމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު ބޭންކުރަން ސަރުކާރުން ނިންމާ އެކަން އިއުލާނުކުރީ ޖޫން 2، ގަ އެވެ. އޭރު އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި އޮތް މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވީ ޖޫން 10، ގަ އެވެ. ނަމަވެސް ބިލުގެ ކޮމިޓީ މަސައްކަތް ފެށީ މި މަހު އެވެ.

އޭރު ނިންމީ އަންނަ ފެބްރުއަރީގެ ނިޔަލަށް ކޮމިޓީ މަސައްކަތް ނިންމުމަށެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވާ ހާޒިރުކުރުމަށް ވެސް ނިންމި އެވެ. ނަމަވެސް އެ މަސައްކަތްތައް އަވަސް ކުރުމަށް އިއްޔެ ވަނީ އަލުން ނިންމާފަ އެވެ.

ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ. ކޮމިޓީގެ މަސައްކަތް އަންނަ އަހަރާ ހަމައަށް ދިގުދަންމާލުމާއެކު މި ފާޑުކިޔުންތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ބިލުގެ މަސައްކަތް ލަސްވެފައިވަނިކޮށް، އޮކްޓޯބަރު 16، ގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ބަޔާން ނެރެފަ އެވެ. އެ ބަޔާން ނެރުމުން، އެ ބިލު ހުށަހެޅުއްވި މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޕީއެންސީން ބަޔާން ނެރުނީ ރައްޔިތުންނަށް މަލާމާތް ކުރަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox