މަސް ކިރަން މިފްކޯއިން ބޭނުން ކުރި ދެ ބޯޓު ނީލަމުގައި ވިއްކާލަނީ

Nov 25, 2024, 5:01 PM
ރަންދި 22: ނީލަމުގައި ވިއްކާލާ ދެ ބޯޓަކީ ވެސް ދުއްވުން ހުއްޓާލާފައިވާ ދެ ބޯޓު -- ފޮޓޯ: މިފްކޯ

ރަންދި 22: ނީލަމުގައި ވިއްކާލާ ދެ ބޯޓަކީ ވެސް ދުއްވުން ހުއްޓާލާފައިވާ ދެ ބޯޓު -- ފޮޓޯ: މިފްކޯ

މިފްކޯއިން މަސް ކިރަން ބޭނުން ކުރާ ދެ ބޯޓު ނީލަމުގައި ވިއްކާލަން އެ ކުންފުނިން މިރޭ އިއުލާނުކޮށްފި އެވެ.

މިފްކޯއިން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ވިއްކާލަނީ ރަނދި 22 އާއި ރަނދި 27 ކަމަށެވެ. ރަނދި 22 ގެ ނީލަން ފެށޭ އަގަކީ 500،000ރ. އެވެ. ރަނދި 27 ގެ ނީލަން ފެށޭ އަގަކީ 600،000ރ. އެވެ.

އެ ދެ ބޯޓު ވެސް މިވަގުތު އޮތީ ޅ. ފެލިވަރުގަ އެވެ. ބޯޓުތަކުގެ ހާލަތު ބަލަން ބޭނުންވާ ފަރާތްތަކުން ފެލިވަރަށް ދިޔުމުން ބޯޓުގެ އިންސްޕެކްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިފްކޯއިން ބުނެ އެވެ.

ރަނދި 22 އަކީ ދަގަނޑު ބޯޓެކެވެ. އެއީ 1988 ވަނަ އަހަރު ސްރީ ލަންކާގެ ކޮލޮމްބޯ ޑޮކްޔާޑުގައި ހެދި ބޯޓެކެވެ. މިފްކޯއަށް އެ ބޯޓު ގަތީ 2010 ވަނަ އަހަރެވެ. އޯގަސްޓު، 2021، ގައި އެ ބޯޓު ދުއްވުން ވަނީ ހުއްޓާލައިފަ އެވެ. އެއީ 36 މެޓްރިކް ޓަނުގެ ބޯޓެކެވެ.

ރަނދި 27 އަކީ ފައިބާ ގްލާސް ބޯޓެވެ. މިފްކޯއަށް އެ ބޯޓު ގަތީ 2018 ވަނަ އަހަރެވެ. ޖެނުއަރީ، 2024، ގައި އެ ބޯޓު ވެސް ވަނީ ދުއްވުން ހުއްޓާލައިފަ އެވެ. އެއީ 50 މެޓްރިކް ޓަނުގެ ބޯޓެކެވެ.

މިފްކޯއިން ބުނީ ނީލަމުގައި ދެ ބޯޓަށް ވެސް މަދުވެގެން އިތުރު ކުރެވޭނީ 25،000ރ. ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox