މޮރީނިއޯ އަށް ރޮނާލްޑޯ ގެންދެވެން އޮތީ "ކެއުމަކަށް"

Nov 25, 2024, 8:58 AM
މޮރީނިއޯ އަށް ރޮނާލްޑޯ ގެންދެވެން އޮތީ "ކެއުމަކަށް"

އިސްތަންބޫލް (ނޮވެމްބަރު 25) - ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ތުރުކީ އަށް އަށް ގެނެވެން އޮތީ ހަަމައެކަނި "ކެއުމަކަށް" ކަމަށް ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ، މިހެން ބުނެފައިވަނީ، މި ސީޒަނަށް ފަހު ރޮނާލްޑޯ، 39، އަލް ނަސްރާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އޭނާ ފެނަބާޗޭ އަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއް ތުރުކީ މީޑިއާގައި ދެކެވި، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

"ރޮނާލްޑޯ، ފެނަބާޗޭ އަށް އަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ އެއް ވެސް ވަރަކަށް ހަގީގަތެއް ނޫން،" ރޮނާލްޑޯ އަށް ރެއާލް މެޑްރިޑްގައި ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

"ކްރިސްޓިއާނޯ (ރޮނާލްޑޯ) އިސްތަންބޫލަށް އައިސްފާނެ ކެއުމަކަށް. އެއީ (ތުރުކީ މި އޮތީ) ސައުދީ އަރަބިއްޔާ އާއި ޕޯޗުގަލްއާ ދާދި ގާތުގައި، ދެން ފަހަރެއްގައި، އޭނަ (ރޮނާލްޑޯ) އަތުވެދާނެ ކުރީގެ އެކުވެރިޔާ ޖޯސޭއާ ބައްދަލުކޮށްލަން، އޭރުން އަހަރެމެން ދެ މީހުންނަށް ވެސް އެކުގައި ކެވޭނެ ހޮޓަލުގައި ތިބެގެން،"

މިދިޔަ އަހަރު އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ. ސައުދީ ގަދަބާރު އަލް ހިލާލުން ރޮނާލްޑޯ ގެންދަން ވާހަކަ ދައްކާ ކަމަށް ވެސް މީޑިއާގައި ވާހަކަދެކެވޭއިރު، ރޮނާލްޑޯގެ ފުރަތަމަ ކްލަބް ސްޕޯޓިން ލިޒްބަން އިން ވެސް އޭނާ އެ ޓީމަަށް ކުޅުވަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox