ތުހުމަތުތަކާ އެކު ވެސް އީސީގެ މެންބަރު ޒާހިރު އަދި ސީއެސްސީ ރައީސް ނާސިހު ވަކިކުރަން ފާހެއް ނުވި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު، ޑރ. ޒާހިރު އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ނާސިހު -- ފޮޓޯ: އަދަދު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު، ޑރ. ޒާހިރު އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ނާސިހު -- ފޮޓޯ: އަދަދު

ނިމިދިޔަ ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އޮތް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ޒާހިރާއި މުވައްޒަފުންނަށް ޖާސޫސު ކުރިކަމުގެ ތުހުމަތު އޮތް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު ވަކިނުކުރަން މަޖިލީހުން މިއަދު ނިންމައިފި އެވެ.

އޭގެތެރެއިން ޑރ. ޒާހިރު ވަކި ނުކުރަން މަޖިލީހުން ފާސްކުރީ އޭނާ މަގާމުން ވަކި ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި އޮއްވަ އެވެ.

ނަމަވެސް ނާސިހު ވަކި ނުކުރަން ފާސްކުރީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ހަމަ ފާސްކުރި ގޮތަށެވެ.

އީސީގެ މެންބަރުކަމުން ޑރ. ޒާހިރު ވަކިނުކުރަން މަޖިލީހުން މިއަދު ނިންމިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާއި ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިމެނޭ އެޕްލިކޭޝަނެއް ހަދައި އޭގެ އެކްސެސް ސިޔާސީ ޕާޓީތަކަށް ދީފައިވާކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކޮށްފައިވެ އެވެ.

ޑރ. ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތައް

  • ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އާ ގުޅުން އޮންނަ ވިޔަފާރިއަކުން އިލެކްޝަންސް ކޮމިޝަނަށް ބައެއް އެއްޗެހި ހޯދާފައިވާކަން
  • އިލެކަޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނަވައިގެން ބައެއް ފަރާތްތަކާ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި އިލެކްޝަންސްގެ މެންބަރުން، މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ވާހަކަދައްކަވާއިރު، ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށާއި ފައިސާއަށް ވޯޓު ވިއްކާނެ ކަމަށް ބުނެ ވާހަކަދައްކަވައި އެކަންކަމަކީ މައްސަލައެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަވާފައިވާކަން
  • ވަކި ވިޔަފާރި ކުންފުންޏަކާ އެކު ސިއްރު މުއާމަލާތެއް ކުރައްވައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އައިޓީއާ ގުޅުންހުރި ސާމާނުތައް އެ ފަރާތް މެދުވެރިކޮށް ހޯދުމަށްފަހު އެއިން ކޮންމެ މުއާމަލާތަކުން ބޮޑު އަދަދެއްގެ މަންފާއެއް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ހޯއްވާފައިވުން
  • އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތައް އެ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު ހަދައި އެޕްލިކޭޝަން ވިއްކާ ކަމަށާއި އެ އެޕްލިލޭޝަންތަކުގެ އެކްސެސް ބައެއް ސިޔާސީ ޕާޓީތަކަށް ދީފައިވާ ކަމަށާއި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަސަައްކަތް ކޮށްފައިވާކަން
  • ގެ ކުރިން ވެސް ރިޔާސީ އިންތިހާބުގައި ރީރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވައިލުމުގެ އަމަލުތަކެއް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ކޮށްފައިވާކަން
  • އިލެކްޝަންސް ކޮމިޝަނުގެ ބިޑު ކޮމެޓީގެ މުވައްޒަފުންނަށް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އެދިވަޑައިގަންނަވާ ގޮތަށް އަމަލު ނުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދައްކާފައިވުން
  • އިލެކްޝަންސް ކޮމިޝަނުގައި ރައްކާ ކުރެވިފައިވާ ދިވެހިރައްޔިތުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން މަންފާ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ހޯއްދަވާފައިވާކަން

މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ޑރ. ޒާހިރު އީސީގެ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކުރިއިރު، ހަމަ މިއަދުގެ ޖަލްސާގައި ފާސްކުރީ އޭނާއާއެކު އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވުނު އަލީ ނަޝާތު އީސީގެ ނައިބު ރައީސްކަމުން އަދި މުހައްމަދު އާސިފް އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރަން ފެންނަ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ނާސިހު މަގާމުން ވަކިކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކުރީ އެ ކޮމިޝަނުގެ މުވައްޒަފުންނަށް ޖާސޫސް ކުރި ކަމަށާޢި ރައީސްގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އޭނާ އަމަލު ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށެވެ.

ނާސިހުގެ މައްޗަށް ކުރާ ތުހުމަތުތައް

  • ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ކުރީގެ މިނިސްޓަރެއްގެ އެދުމަށް ބަޔަކަށް ވަޒީފާ ދީފައިވުން
  • ކޮމިޝަނުގެ ބައެއް ވެރިންގެ ކޮމްޕިއުޓަރު ސިސްޓަމަށާއި ސިވިލްސާވިސް ޓްރެއިނިން އިންސްޓިޓިއުޓުގައި ތިއްބަވާ ބައެއް ފަރާތްތަކުގެ ކޮމްޕިއުޓަރު ސިސްޓަމަށް ސޮފްޓްވެއާއެއް އަޅައިގެން އެ މުވައްޒަފުންނަށް ޖާސޫސްކޮށް ފާރަލުން.
  • ކުރީގެ މިނިސްޓަރެއްގެ އެދުމަށް ޕީސީބީ ބޯޑުގެ މަގާމަކަށް މީހުން އައްޔަނުކޮށްފައިވުމާއި ކުރީގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން އެދިފައިވާ ގޮތަށް ވަޒީފާތައް ހަމަޖައްސައިދީފައިވުން
  • ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް ސެކްޝަން އަދި ފައިނޭންސް ސެކްޝަން ދެ ޑިރެކްޓަރުން ހޮވުމަށްޓަކައި ވަކި ފަރާތަކަށް ހާއްސަކޮށްގެން ގަވާއިދަށް ނުވަތަ އުސޫލަށް ބަދަލު ގެނައުން
  • ކުރީގެ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންގެ އެދުމަށް ވަޒީފާތަކަށް އެކި މީހުން ހަމަޖެއްސުން
  • ކޮމިޝަނުގެ ކައުންސެލް ޖެނެރަލް ޗުއްޓީއަށް ވަޑައިގަތުމުގެ ސީނިއާ ލީގަލް ކައުންސެލް އާ އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލު ކުރުމުގެ ބަދަލުގައި އުސޫލާ ހިލާފަށް ޖޫނިއާ މަގާމެއްގެ މުވައްޒަފަކާ މަސްއޫލިއްޔަތު ހަވާލު ކުރުން
  • ސިވިލް ސާވިސްގެ ވަޒީފާ ދިނުމުގައި އެމީހެއްގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި ގާބިލުކަމާއި ތަޖުރިބާއަށް ބެލުމެއް ނެރި ވަޒީފާ ދިނުން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox