އެމްއައިބީ އެޕްލައިނައު ހިދުމަތަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ

އެމްއައިބީ އެޕްލައިނައު ހިދުމަތަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެޕްލައިނައު ޕޯޓަލްއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އިންޑިއާގެ މުމްބާއީގައި ބޭއްވި ގްލޯބަލް ފިންޓެކް އިނޮވޭޝަން އެވޯޑްސްގައި އެމްއައިބީ އެޕްލައިނައު ޕޯޓަލްއަށް ލިބުނީ މޯސްޓް އިނޮވޭޓިވް ޑިޖިޓަލް އޮންބޯޑިން ރޯލްއައުޓްގެ އެވޯޑެވެ.

އައިބީއެސް އިންޓެލިޖެންސްއިން ހޮވާ އެ އެވޯޑު އެޕްލައި ނައު ޕޯޓަލްއަށް ލިބުނީ މެދުއިރުމަތި އަދި އޭޝިއާ ސަރަހައްދުގެ ގިނަ ބޭންކުތަކާ ވާދަކޮށްގެންނެވެ.

އެމްއައިބީ އެޕްލައި ނައު ޕޯޓަލްއަކީ ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ލިބޭ ރާއްޖޭގެ ހަމައެކަނި ޕޯޓަލް އެވެ. އެކައުންޓު ހުޅުވުމުގެ އިތުރުން މި ޕޯޓަލްއިން އެ ބޭންކުގެ ހުރިހާ ހިދުމަތްތަކަށް އެދެވެ އެވެ.

އެމްއައިބީ އެޕްލައި ނައު ޕޯޓަލްއަކީ އީފާސް މެދުވެރިކޮށް ކަސްޓަމަރުން ވެރިފައި ކުރުމުގެ ގާބިލުކަން ލިބިގެންވާ ޕޯޓަލްއެކެވެ. އަމިއްލަ ފަރުދުންގެ އިތުރުން އެ ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް ވެސް ބޭންކުތަކަށް ނުގޮސް އެކައުންޓު ހުޅުވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑޭޓާބޭސްގެ އެހީގައި ވިޔަފާރި ވެރިފައިކޮށް އެ ބޭންކުން ދަނީ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ދޭ ފަދަ ރައްކާތެރި ޒަމާނީ ހިދުމަތެއް ދެމުންނެވެ.

އެ އެވޯޑު ލިބުމުން އެމްއައިބީގެ ޕީއާރް އޮފިސަރު އަހުސަން ޖަމީލް ވިދާޅުވީ އެޕްލައިނައު ޕޯޓަލްއަކީ 100 ޕަސެންޓު ދިވެހިންގެ މަސައްކަތެއް ކަމަށާއި އެ އުފެއްދުމަށް އެވޯޑެއް ލިބުމަކީ ދިވެހި ޑިވެލޮޕަރުންގެ ހުނަރު މުޅި ދުނިޔެއަށް ފެނިގެންދިޔަ ކަމެއް ކަމަށެވެ.

އެޕްލައި ނައު ޕޯތަލްގެ އިތުރުން ވެސް އެމްއައިބީން ދަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް އާ ކަންކަން ތައާރަފް ކުރަމުންނެވެ. އެގޮތުން ކޭޝް ކާޑުގެ ބަދަލުގައި ބޭންކުން ކުރެވިދާނެ އަނގޮޓިއެއް އެ ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox