އޭސީސީގެ ސަލާމް އާއި ތޯހާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް!

އޭސީސީގެ ނައިބުރައީސް ސަލާމް: އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައި -- ފޮޓޯ؛ އޭސީސީ

އޭސީސީގެ ނައިބުރައީސް ސަލާމް: އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައި -- ފޮޓޯ؛ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޮޑެތި ތުހުމަތުތަކެއް އެ ދެ މެންބަރުންނަށް ކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސަލާމް އާއި ތޯހާގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ވިދާޅުވީ އެ ދެ މެންބަރުންގެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އޭސީސީގެ ނައިބުރައީސް ސަލާމްގެ މައްޗަށް ކުރާ ތުހުމަތުތައް:

  • ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރިލިމިނަރީ އިންވެސްޓިގޭޝަނުން ސަޖެސްޓު ކޮށްފައި ވަނިކޮށް، އިންވެސްޓިގޭޝަން އޯވާސީ ކުރާ އިސްފަރާތުގެ ހައިސިއްޔަތުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވުން.
  • ބިންވެރިޔާ މައްސަލަ ހުއްޓުވީ އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުންވެދާނެތީ އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ފޯނު ހިފެހެއްޓުމުގެ އަމުރު ހޯދުން ލަސްކޮށް ހެކި ނައްތާލަން ފުރުސަތު ދިނުމުގައި އިސްދައުރެއް އަދާކުރި.
  • އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް، ފޮރެންސިކް ސެކްޝަން ހަދައި އެތަނުގެ ހެޑަކަށް ގާތް މުވައްޒަފެއްލި. އެ ސެކްޝަނުން ކުރާ މާ ބޮޑު މަސައްކަތެއް ވެސް ނެތްއިރު، އެތަން ކުރިއަރުވަން މަސައްކަތް ނުކުރޭ.
  • އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް އާ ޑިޕާޓްމަންޓެއް ހަދައި ގާތް މުވައްޒަފަކު ހެޑަކަށް ލާން މަސައްކަތް ކޮށްފައިވޭ އަދި އެކަމުގައި އިސް ދައުރެއް އަދާކުރި.
  • ބޭނުންވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން މެންބަރުންނަށް ބާރު އެޅުމުން އަންގާ ގޮތަކަށް މެންބަރުން މައްސަލަތައް ނިންމާ. އަދި މައްސަލަތައް އެޖެންޑާ ކުރުމުގައި އަމިއްލަ މަސްލަހަތަށް އިސްކަންދީފައިވޭ.
  • ނުފޫޒު ފޯރުވައިގެން ބޭނުންވާ މައްސަލައެއް ބޭނުންވާ ދުވަހަކަށް އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައިވޭ.

އޭސީސީގެ މެންބަރު ތޯހާގެ މައްޗަށް ކުރާ ތުހުމަތުތައް:

  • އޭސީސީން ވަކި ކުރި މުވައްޒަފެއްގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް، ނުފޫޒުން އެ އިސްތިއުނާފު ބާތިލުކޮށް ކުރިން އޭސީސީން އަމަލު ކޮށްފައި ނުވާ ގޮތަށް އެ މުވައްޒަފު އެހެން ދެ ތަނެއްގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތު ހިމަނައިގެން ކޮމިޝަނުގެ ލީގަލް ޓީމުގެ ލަފަޔާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ބަދަލުދީފައިވޭ.
  • ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ކުރެވުނު ތުހުމަތެއްގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް، ދައުވާ ނުކޮށް މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކުރި.
  • އޭސީސީގެ މެންބަރުންނަށް އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ބުނާއިރު، ރާއްޖޭގެ ލޯފާމެއްގެ ވެބްސައިޓުގައި އެ ލޯފާމުގެ އެޓާނީންގެ ތެރޭގައި ހިމެނޭ.

ރިޒާ ވިދާޅުވީ ސަލާމް އަދި ތޯހާ ވެސް ވަނީ އަމިއްލަ މަސްލަހަތު އިސްކޮށް، ގާނޫނާ ހިލާފަށް ގިނަ އަމަލުތަކެއް ހިންގާފައި ކަމަށާއި އެގޮތުން އެ ދެ މެންބަރުން ވަކި ކުރަން ރޭ ބޭއްވި ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރި ކަމަށެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ ވަކިކުރަން ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.

އޭސީސީއަށް ތޯހާ އަދި އަބްދުއްސަލާމް އައްޔަނުކުރީ މާޗު 17، 2022، ގަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއް ވަކިކުރަން މަޖިލީހުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox