ނަޝާތާއި ޒާހިރަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އިންތިހާބަށް ނުފޫޒު ފޯރުވައި، ޑޭޓާބޭސް ވިއްކައި ޑެމްސް އުފައްދަން ހުރަސް އެޅުން ހިމެނޭ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އަލީ ނަޝާތު އާއި އެ ކޮމިޝަނުގެ މެންބަރުން، މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރީ ޑިމޮކްރެޓްސް އުފެއްދުމުގެ މަރުހަލާއަށް ހުރަސް އެޅުމާއި މިދިޔަ ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް ކުރި މަސައްކަތުގެ އިތުރުން ވެސް ގިނަ ތުހުމަތުތަކެއް ކުރެވޭތީ ކަމަށް ކޮމިޓީން ނިންމި ގޮތުން ރިޕޯޓުގައި ބުނެފި އެވެ.

އެ މެންބަރުން ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އިއްޔެ އޮތް ސިއްރު ބައްދަލުވުމެއްގަ އެވެ. ނަމަވެސް އެ ކޮމިޓީން ފާސްކުރި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހަށް އިއްވަމުން އެ ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު، ހުސައިން ރިޒާ އާދަމް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އާއި ވަކި ކުރަން ނިންމި ދެ މެންބަރުންގެ މައްޗަށް ކުރެވޭ އެތައް ބައިވަރު ތުހުމަތުތަކެއް ކިޔައިދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަރުހަލާއަށް ހުރަސް އަޅާފައިވާ ކަމަށާއި މިދިޔަ ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދޭން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު އާއި އެ ކޮމިޝަނުގެ މެންބަރު، މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަސައްކަތް ކުރި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މުވައްޒަފުންނާ ނަޝާތު ލޯބީގެ ގޮތުން ގުޅުން ބޭއްވުމުގެ އިތުރުން މުވައްޒަފުންގެ މައްޗަށް ނުފޫޒު ފޯރުވައި ބައެއް މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށް ވެސް އެ ދެ މީހުންގެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމީހުންގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް

  • ވަކި ވިޔަފާރި ކުންފުންޏަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ކޮމްޕިއުޓަރު ސިސްޓަމެއް ހޯދާފައިވާކަން
  • ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އާ ގުޅުން އޮންނަ ވިޔަފާރިއަކުން އިލެކްޝަންސް ކޮމިޝަނަށް ބައެއް އެއްޗެހި ހޯދާފައިވާކަން
  • އިލެކަޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނަވައިގެން ބައެއް ފަރާތްތަކާ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި އިލެކްޝަންސްގެ މެންބަރުން، މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ވާހަކަދައްކަވާއިރު، ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށާއި ފައިސާއަށް ވޯޓު ވިއްކާނެ ކަމަށް ބުނެ ވާހަކަދައްކަވައި އެކަންކަމަކީ މައްސަލައެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަވާފައިވާކަން
  • ވަކި ވިޔަފާރި ކުންފުންޏަކާ އެކު ސިއްރު މުއާމަލާތެއް ކުރައްވައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އައިޓީއާ ގުޅުންހުރި ސާމާނުތައް އެ ފަރާތް މެދުވެރިކޮށް ހޯދުމަށްފަހު އެއިން ކޮންމެ މުއާމަލާތަކުން ބޮޑު އަދަދެއްގެ މަންފާއެއް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ހޯއްވާފައިވުން
  • އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތައް އެ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު ހަދައި އެޕްލިކޭޝަން ވިއްކާ ކަމަށާއި އެ އެޕްލިލޭޝަންތަކުގެ އެކްސެސް ބައެއް ސިޔާސީ ޕާޓީތަކަށް ދީފައިވާ ކަމަށާއި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަސަައްކަތް ކޮށްފައިވާކަން
  • މީގެ ކުރިން ވެސް ރިޔާސީ އިންތިހާބުގައި ރީރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވައިލުމުގެ އަމަލުތަކެއް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ކޮށްފައިވާކަން
  • އިލެކްޝަންސް ކޮމިޝަނުގެ ބިޑު ކޮމެޓީގެ މުވައްޒަފުންނަށް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އެދިވަޑައިގަންނަވާ ގޮތަށް އަމަލު ނުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދައްކާފައިވުން
  • އިލެކްޝަންސް ކޮމިޝަނުގައި ރައްކާ ކުރެވިފައިވާ ދިވެހިރައްޔިތުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން މަންފާ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ހޯއްދަވާފައިވާކަން

ޑިމޮކްރެޓްސް އުފެއްދުމަށް ހުރަސްއެޅުމާއި ކޮމިޝަނުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވުން

  • އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާ މުއާމަލާތު ކުރުމުގައި އިހުތިރާމު ކުޑަކޮށް އަދި ބޭއަދަބީ ބަހުން ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު މުއާމަލާތު ކޮށްފައިވާކަން
  • އިލެކްޝަންސް ކޮމިޝަނުގެ ސީނިއާ ބައެއް މުވައްޒަފުން ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ކަމަށާއި އެގޮތުން އެ މެންބަރުންނަށް ކެއުމާއި ސައި ދެއްވުމުގެ އިތުރުން އެކި ގޮތްގޮތުން އެ މެންބަރުންނަށް މަންފާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަން
  • ވަކި ޕާޓީއެއްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއިކުރި މީހުންގެ ލިސްޓު އޭރުގެ ރައީސް އޮފީހުގެ އިސް ފަރާތްތަކަށް ފޮނުވައި އެ ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެ ޕާޓީ އުފެއްދުމަށް ހުރަސް އެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން
  • އިލެކްޝަންސްގެ މެންބަރުކަމުގައި ހުންނަވައިގެން އެ ކޮމިޝަނުގެ މުވައްޒަފުންނާ ލޯބީގެ ގޮތުން ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު ބާއްވާކަން
  • އިލެކްޝަންސް ކޮމިޝަނުގެ ބައެއް މުވައްޒަފުންނާ ޒާތީގޮތެއް ބެހެއްޓުމާއި އެ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅައި އެ އަމަލުތައް ފާޅު ކުރައްވާ ކަމަށާއި ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ބިރުދައްކާފައިވުން
  • ގަސްތުގައި ވަކި ސިޔާސީ ޕާޓީއެއް އުވައިލުމަށް ވަގު ފޯމު ހަދައި އަމަލީގޮތުން މަސައްކަތް ކޮށްފައިވާކަމާއި އެ ޕާޓީގެ 3000 މެންބަރުން ހަމަވިޔަ ނުދިނުމަށް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަސައްކަތް ކޮށްފައިވުން
  • އެޗްއާރު ސިސްޓަމުން ބޭރުން އަމިއްލައަށް ވަކި ފޮތެއް ހަދައިގެން އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ދުވަސްތަކުގައި ކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވި ކަމަށް ނޯޓު ކުރައްވައި އަދި ވަޑައިގަންނަވާ ދުވަސްތަކުގައި ވަޑައިގެންނެވި ގަޑި ގަސްތުގައި ނުބައިކޮށް ކޮމިޝަނުގެ ނައިބު ރައީސް ޖައްސަވާފައިވާކަން
  • އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންނާ ދެކޮޅަށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެކަށީގެން ނުވާ ފަރާތެއް އައްޔަނު ކުރެއްވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ނުފޫޒު ފޯރުވާފައިވާކަން
  • އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެވަޑައިގަންނަވާ ދުވަސްތަކުގައި އެޗްއާރު ސިސްޓަމުން ބޭރުން ވަޑައިގެންނެވި ގަޑި ގަސްތުގައި ނުބައިކޮށް މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ޖައްސަވާފައިވާކަން
  • އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މެދުގައި ކޮމިޝަނުގެ ރައީސްގެ އަގު ވައްޓައިލުމަށް ފާޅުގައި ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަސައްކަތް ކޮށްފައިވުން
  • ސިޔާސީ އެކިއެކި ފަރާތްތަކާ އެކުގައި ގާތް ގުޅުމެއް ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތު ބާއްވާ ކަމަށާއި އެގޮތަށް ގުޅުން ބާއްވާ ފަރާތްތަކާ ބައްދަލުކޮށް، ހާއްސަކޮށް ރައީސް އޮފީހުގައި ކުރީގެ މުވައްޒަފަކާ އެކި ގޮތްގޮތުން ބައްދަލު ކުރައްވައި ހަމަ އެހެންމެ ސިޔާސީ ޕާޓީތަކުގެ ގިނަ މެންބަރުންނާ ވެސް ގާތް ގުޅުމެއް ބާއްވާކަން

މި ތުހުމަތުތައްކޮށް އެ ތިން ބޭފުޅުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާއިރު، އިލެކްޝަންސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ވެސް އޮތީ ވޯޓާ ހަމައިގަ އެވެ.

މެންބަރުން ވަކި ކުރުމާއި އިލެކްޝަންސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގަނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވެސް މިއަދު ވޯޓު ނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox