އެސްޓީއޯއިން ޕްލޭން ކުރި 25 ބުރީގެ އިމާރާތް 15 ބުރިއަށް ކުޑަކޮށްފި

އެސްޓީއޯގެ މެނޭޖިން ޑިރެޓަރު ޝިމާދު. -- ފޮޓޯ: އަދަދު

އެސްޓީއޯގެ މެނޭޖިން ޑިރެޓަރު ޝިމާދު. -- ފޮޓޯ: އަދަދު

ސްޓޭޓު ޓޭރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހަދަން ނިންމާފައިވާ 25 ބުރީގެ ވިޔަފާރި އިމާރާތް 15 ބުރިއަށް ކުޑަކުރަން ނިންމައިފި އެވެ.

އެސްޓީއޯގެ ހެޑް އޮފީސް ހުރި އިމާރާތާ ޖެހިގެން، އެސްޓީއޯގެ ބޮޑު ގުދަނެއްގެ ހަދާފައިވާ 15000 އަކަފުޓޫގެ ބިމުގައި 25 ބުރީގެ އިމާރާތެއް ހަދާނެ ބަޔަކު ހޯދަން އޯގަސްޓު މަހު އިއުލާނު ކުރި އެވެ. ނަމަވެސް އެ މަޝްރޫއަށް ބަދަލު ގެނެސް، މިހާރު ނިންމާފައި ވަނީ 15 ބުރީގެ އިމާރާތެއް ހަދަން ކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.

"ކުރިން ވިސްނީ 25 ބުރީގެ އިމާރާތެއް ހަދަން. ނަމަވެސް މިހާރު ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން 15 ބުރިއަށް އިމާރާތް ކުރަން ނިންމާފައި ވަނީ،" ޕީއެސްއެމްއިން ރޭ ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމުގައި ޝިމާދު ވިދާޅުވި އެވެ.

Advertisement

އެ މަޝްރޫއުގެ ބޭނުމަކީ އެސްޓީއޯގެ އޮފީސްތައް ހިންގާނެ ޖާގައިގެ ދަތިކަން ހައްލުކޮށް، ވިޔަފާރީގެ އިތުރު ކަންކަން ގާއިމުކުރުން ކަމަށް އެސްޓީއޯއިން ކުރިން ބުނެފައިވެ އެވެ.

ޝިމާދު ރޭ ވިދާޅުވީ މިހާރު ކުރަމުންދަނީ މަޝްރޫއުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކަމަށާއި އެއަށް ފަހުން ބީލަމަށް ހުޅުވާލާނެ ކަމަށެވެ.

އެސްޓީއޯގެ އޮފީސްތަކާއި އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތަކުގެ އޮފީސްތައް ބަދަލު ކުރާނީ އާ ބިލްޑިންއަށް ކަމަށް ކަމަށާއި އޭގެ އިތުރުން، އިވެންޓުތައް ބޭއްވޭނެ ޒަމާނީ ހޯލްތަކާއި ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox