ފުނަދޫ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައި ޑިޒައިންކުރުމުގެ މަސައްކަތް ފަށައިފި

ކ. ފުނަދޫ ބަނދަރުގައި ތެޔޮބޯޓެއް.

ކ. ފުނަދޫ ބަނދަރުގައި ތެޔޮބޯޓެއް.

މާލެގެ މޫނުމަތީ އޮތް ކ. ފުނަދޫގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައި، އެތަން ޑިޒައިންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ޝިމާދު ވިދާޅުވީ "ތިލަފުށިން ރަނގަޅު ސައިޒެއްގެ ބިމެއް ލިބޭކަމުގެ އުފާވެރި ހަބަރު އޮތީ ލިބިފައި" ކަމަށެވެ. ބިމަކީ ފުނަދޫ ބަނދަރަށް ވުރެ ބޮޑު ބަނދަރެއް ވެސް ހެދޭ ވަރުގެ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން،" ޝިމާދު ވިދާޅުވި އެވެ.

ރާއްޖޭގެ ތެލުގެ ޑިމާންޑު މަތިވެގެން ދިޔަ މިންވަރާ އަޅައި ބަލާއިރު ފުނަދޫގެ ޖާގަ ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު. -- ފޮޓޯ: އަދަދު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު. -- ފޮޓޯ: އަދަދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު. -- ފޮޓޯ: އަދަދު

ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސަލްޓެންޓެއް ނަގައިގެން، ކޮންސެޕްޓާއި ޑިޒައިން އަދި މުޅި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޝިމާދު ވިދާޅުވި އެވެ. އެއަށް ފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ލާނެ އެވެ.

އެ މަޝްރޫއު ފެށުމަށް ފަހު ނިންމަން 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ތިލަފުށީގައި ފިއުލް ފާމު ގާއިމު ކުރުމުން، ތެޔޮ ރައްކާކުރެވޭ މިންވަރު ގިނަވުމާއެކު، ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަން ވެސް ޝިމާދު ފާހަގަ ކުރެއްވި އެވެ.

ފުނަދޫ ފިއުލް ފާމް މި ސަރުކާރުން ފުރަތަމަ ބަދަލު ކުރަން އުޅުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައި އޮތް ކ. މާގިރިފަޅު ހިއްކައިގެން އެތަނަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާގިރިފަޅު އެޗްޑީސީއަށް ދިނީ، އެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކާއި ސޯޝަލް ހައުސިންއަށް ހާއްސަކޮށްފައިވާ ބިމުގެ އަގުގެ ގޮތުގަ އެވެ.

ފިއުލް ފާމް ބަދަލުކުރުމަށް ފަހު، ފުނަދޫ ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.
ފިއުލް ފާމް ބަދަލުކުރުމަށް ފަހު، ފުނަދޫ ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

ފިއުލް ފާމް ބަދަލުކުރުމަށް ފަހު، ފުނަދޫ ތަރައްގީކުރާ ގޮތުގެ ކުރެހުމެއް.

ފުނަދޫ ހުސްކުރަން ސަރުކާރުން ނިންމީ، އެ ރަށް ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށެވެ. މި މަޝްރޫއާއެކު މާލެއާއި ފުނަދޫ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގުޅާލަން ވަނީ ނިންމައިފަ އެވެ.

މި ތިން ރަށް ލެ މޮނޯރެއިލްއިން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން އޮކްޓޯބަރު 15، ގައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox