ގާނޫނު އަސާސީ ބަދަލުކުރި މައްސަލައަށް ޑިމޮކްރެޓްސް ތަދައްހުލްވަނީ

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ގާނޫނު އަސާސީ ބަދަލުކުރި މައްސަލައަށް ޑިމޮކްރެޓްސް ތަދައްހުލްވާން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ގާނޫނު އަސާސީ ބަދަލުކުރި މައްސަލައަށް ޑިމޮކްރެޓްސް ތަދައްހުލްވާން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ބަޔާންކޮށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވާން ނިންމައި އެ މަސައްކަތް އެ ޕާޓީން މިއަދު ހާމަކޮށްފި އެވެ.

ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލު ކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލުމަށް އެ ޕާޓީން ތާއީދު ކުރާ ކަމަށާއި ނަމަވެސް ސަރުކާރުން ހަތަރު ގަޑިއިރެއްހާއިރު ތެރޭގައި އަވަސް އަރުވާލައިގެން އެ ބަދަލު ގެނައީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލުމަށްފަހު ކަމަށެވެ.

"ގާނޫނު ނަންބަރު 2024/25 (ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލާ، ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލުގެނުވާ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު ގާނޫނުނެއް،" އެ ޕާޓީން ބުންޏެވެ.

ޑިމޮކްރެޓްސްއިން ބުނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައަޅާ އެ ބީދައިން ގާނޫނުއަސާސީ ފަރުމާކުރެވި ދައުލަތުގެ ތިން ބާރު އެއްބާރު އަނެއް ބާރާއި ސާފުކޮށް ވަކިކުރެވިފައި އޮތްއޮތުން އެ އިސްލާހުގެ ސަބަބުން ނިމުމަކަށް އައިސް ސީދާ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލިސް ގެނެސްފައިވާ ކަމަށެވެ.

އެ ގޮތުން ގާނޫނުއަސާސީ ތަސައްވުރުކުރާ އެންމެ އަސާސީ އެއް ސިފަ ކަމުގައިވާ ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމު އުވި އަދި ދައުލަތުގެ އެންމެ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އައުމާއި ރައްޔިތުންގެ ކިބައިގައި އެ ބާރުތައް ދެމިއޮންނަން ވާނެކަމަށް ބަޔާންކޮށްފައިވާ ބަޔާންކުރުމާ ހިލާފުވެފައިވާ ކަމަށް ވެސް އެ ޕާޓީން ފާހަގަކުރި އެވެ.

ޑިމޮކްރެޓްސްއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ގޮތުގައި ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަނެ، އިންތިހާބީ މަގާމުތަކުގެ ދެމިއޮތުމާއި ނެތުން ސިޔާސީ ޕާޓީއެއްގެ އައްޔަނުކުރެވޭ ފިޔަވަޅު އަޅާ ކޮމިޓީއެއްގެ ބާރުގެ ދަށަށް ގެނައުުމުން ކަންބޮޑުވާ ކަމަށެވެ.

އެއްވެސް ސަބަބަކާ ހުރެ އެ ޕާޓީއެއްގެ ލީޑަޝިޕަށް ނުވަތަ ފިޔަވަޅު އަޅާ ކޮމިޓީއަށް ފެނި އެ އެންމެ މެމްބަރުން ނުވަތަ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ އަދަދު ހަމަނުވާނެ މިންވަރަށް މެމްބަރުން ވަކިކޮށްފި ހާލަތުގައި، މުޅި ނިޒާމު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި، ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ އެންމެހައި ބާރުތައް ނެގުމުގެ ފުރުސަތު ހޯދާފައިވާ ކަމަށް ވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.

"މިހާރު އިންތިހާބުކުރެވި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މެމްބަރުން އިންތިހާބުކުރެވުނު އިރު ސިޔާސީ ޕާޓީއަކަށް ފެނިއްޖެ ހާލަތުގައި އެ މެމްބަރުގެ ގޮނޑި ގެއްލުވާލުމަކީ ހުޅުވިފައި އޮތް ފުރުސަތަކަށް ނުވޭ. އަދި މި އިސްލާހުގައިވެސް ހިނގަމުންދާ ދައުރުގެ މަޖިލިސް މެމްބަރުންނާ ގުޅޭ ސާފު ބަޔާންކުރުމެއް ނެތި އާންމު މާނަކުރުމަށް ޖާގަ ހުޅުވާލެވިފައިވުމާއި އަދި މިނޫންވެސް ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލު ގެނުވާ އަދި ފުށުއަރާ ކިތަންމެ ކަމެއް ފާހަގަކުރެވޭ" އެ ޕާޓީން ބުންޏެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ ދައުލަތުގެ ބާރުތައް ދެމިއޮތުމުގެ އަސާސާއި، ދައުލަތުގެ އެންމެހައި ބާރުތައް އެ އަސާސްގެ ދަށުން ހިނގަން ވާނެ ކަމަށް ބުނާ އަސާސާއި، މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ކަމެއް ކަމަށެވެ.

މި މައްސަލައިގެ ތެރެއަށް އެމްޑީޕީން ވެސް ވަނީ ތަދައްހުލްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox