ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލައެއް ބަލަނީ

ރާއްޖެއަށް އެތެރެކޮށްފައިވާ ކާޑު ބަސްތާތަކެއް: ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލައެއް ބަލަނީ --- ފޮޓޯ: އަދަދު

ރާއްޖެއަށް އެތެރެކޮށްފައިވާ ކާޑު ބަސްތާތަކެއް: ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލައެއް ބަލަނީ --- ފޮޓޯ: އަދަދު

ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހާއްސަ އަގުގައި އެ ގައުމުން ރާއްޖެއަށް ވިއްކި ހަކުރު ޝިޕްމަންޓެއް ސްރީ ލަންކާއަށް ގެންދިޔަ މައްސަލައެއް ފެންމަތިވެ އެ ދެ ގައުމުގެ އިދާރާތަކުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އިންޑިއާގެ ޑައިރެކްޓަރަޓް ޖެނެރަލް އޮފް ފޮރިން ޑްރޭޑް (ޑީޖީއެފްޓީ) އަދި ލަންކާގެ ބައެއް އިދާރާތަކުން ބަލަމުންދަނީ އޮކްޓޯބަރު 25، ގައި އެގައުމުން ބޭރު ކުރި 64 ހާސް ޓަނުގެ ހަކުރު ޝިޕްމަންޓެއްގެ މައްސަލަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އޭގެ ތެރެއިން ބައެއް ލަންކާގެ ޕޯޓުން ވަނީ ފެނިފަ އެވެ. އެ ޝިޕްމަންޓު ކްލިއާ ކުރުން ހުއްޓާލާ ރާއްޖެއަށް ހާއްސަ އަގުގައި ވިއްކި ހަކުރު ގަތީ ލަންކާގެ ކޮން ކުންފުނިތަކަކުންތޯ ބަލަމުންދާ ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ހަކުރު އެކްސްޕޯޓުކުރުން ހުއްޓާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް މި ނޫހާ ވާހަކަ ދެއްކި އިންޑިއާގެ އޮފިޝަލު އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އަހަރު ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ހާއްސަ ރޭޓުގައި ރާއްޖެއަށް ވިއްކި 80 އަށްވުރެ ގިނަ ހަކުރު ކޮންޓެއިނަރު ވަނީ ލަންކާއަށް ގެންގޮސްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ލިޔެކިޔުންތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ރާއްޖެއަށް ވިއްކި އެތައް ހާސް ޑޮލަރެއްގެ ހަކުރު ވަނީ އެހެން ގައުމުތަކަށް ގެންގޮސްފަ އެވެ. އޭގެތެރޭގައި މެލޭޝިއާވެސް ހިމެނެ އެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއްވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ވިޔަފާރީގެ ގޮތުން ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އިންޑިއާއާއެކު މިހާރު އޮތް އެއްބަސްވުމުގެ ދަށުން ހާއްސަ އަގުތަކުގައި ފަސޭހައިން ވިއްކާ ތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، ފިޔާ، މުގު، ހިލަ އަދި ހިލަވެލި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox