މެންބަރަކު ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑި ގެއްލޭނަމަ ރިކޯލް ވޯޓަކަށް ދާން ޖެހޭ: ފަައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: މެންބަރަކު ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑި ގެއްލޭނަމަ ރިކޯލް ވޯޓަކަށް ދާން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: މެންބަރަކު ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑި ގެއްލޭނަމަ ރިކޯލް ވޯޓަކަށް ދާން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ހާލަތްތަކަށް ބަދަލު ގެނައުމާ ގުޅިގެން އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ޕާޓީން ވަކިކޮށްފި ހާލަތެއްގައި އެންމެ ރަނގަޅީ ރިކޯލް ވޯޓަކަށް ދިޔުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިއްޔެ ވަނީ 10 ވަރަކަށް ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ޕާޓީގެ އިތުރުން އެ މެންބަރަކު ހޮވި ރައްޔިތުން ވެސް އެކަމަށް ގޮތް ނިންމަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުރާ ގޮތުގައި އޮންނަންވާނީ ޑިއު ޕްރޮސެސްއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެންބަރުގެ ގޮނޑި ގެއްލެންވާނީ ވަކީ ހާލަތްތަކެއް މެދުވެރިވެ، އޭނައަށް އެޕީލް ކުރުމުގެ ފުރުސަތުތަކެއް ލިބިގެން. ނުވަތަ ރިކޯލް ވޯޓަކަށް ރައްޔިތުންނާ ހިސާބަށް ދިޔުމުގެ ފުރުސަތު. އެއީ އެންމެ ރަނގަޅު ގޮތް އަޅުގަނޑު ދެކޭ ގޮތުގައި،" ފައްޔާޒް ވިދާޅުވި އެވެ.

ޑިމޮކްރަސީ ގަބޫލުކުރާ ހުރިހާ ގައުމެއްގައި އެންޓި ޑިފެކްޝަންއަކީ އޮތުން ރަނގަޅު ކަމެއްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ގޮނޑި ގެއްލޭ ގޮތަށް އެމްޑީޕީން ބަދަލުތައް ގެނައީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު މެންބަރުގެ ވެސް ހައްގުތައް ނުގެއްލޭ ގޮތަށް ކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއްގައި މި ސަރުކާރުން ބޭއްވި ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނު ނުބާއްވާނެ ކަމަށާއި ނަމަވެސް ގޮނޑި ގެއްލޭ ހާލަތްތަކެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭގެއިތުރުން ފައްޔާޒު ވިދާޅުވީ މިހާރު އޮތްގޮތުން ޕީއެންސީ މެންބަރެއް ޕާޓީން ވަކިވެ ގޮނޑީ ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް މިހާތަނަށް ފެންނަ ފެނުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެ ޖެހިލުންވާތީ އެފަދަ މެންބަރެއް ހުރިހެން ހީނުވާ ކަމަށެވެ.

ރައްޔިތުންނަށް އުނދަގޫވެ ހަރަދު ބޯޑުވި ނަމަވެސް އިންތިހާބުތައް ބާއްވަން ޖެހޭނެ ކަމަށާއި އެއީ ރައްޔިތުންގެ ހައްގުތައް އެފަދަ އިންތިހާބުތަކުން ކަށަވަރު ކުރެވޭތީ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް އިއްޔެ ބަދަލު ގެނަ އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، މެންބަރުން ވަކިކުރެވޭނެ ގޮތް ލިޔުނެވެ. މި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox