މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހެޅި އިސްލާހު ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަނީ: މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހެޅި އިސްލާހު ސަރުކާރު މެންބަރުން ވަނީ ބޭރުކޮށްލާފަ --- ފޮޓޯ: ސޯޝަލް މީޑިއާ

މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަނީ: މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހެޅި އިސްލާހު ސަރުކާރު މެންބަރުން ވަނީ ބޭރުކޮށްލާފަ --- ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ހުށަހެޅުއްވުމުން އެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި އިސްލާހު ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 13 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާ އަމިއްލަ މެންބަރެއްގެ ގޮތުގައި ތަމްސީލުކުރައްވާ އަބްދުއްރަހުމާން އެވެ. އިސްލާހު ބޭރުކޮށްލީ ޕީއެންސީގެ 77 މެންބަރުންގެ ވޯޓުންނެވެ.

ސިޔާސީ ޕާޓީގެ މެންބަރަކަމުން ވަކި ކުރެވުނު މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމި ހުރުމާމެދު އެ ދާއިރާގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ ކަމަށް މީކާއިލް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.

Advertisement

އަދި އެ މެންބަރަކު ވަކި ކުރުމަށް ނުފެންނަ ކަމަށް ދާއިރާގެ ވޯޓުދޭ މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތުގައި އެ މެންބަރަކު ހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއް ގޮތުގައި ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އިޖުރާއަތު ހިންގަންވާނީ، ނިސްބަތްވާ އިންތިހާބީ ދާއިރާއަކީ މާލެ އާއި ސިޓީތައް ފިޔަވައި އެހެން އިންތިހާބީ ދާއިރާއެއްނަމަ، އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އާބާދީގެ 25 ޕަސަންޓު ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާނެމަ އެވެ.

އަދި މާލެ އާއި ސިޓީ ތަކުގައިވާނަމަ، އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އާބާދީގެ 15 ޕަސަންޓު ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާނަމަ އެވެ.

މީކާއިލް މަޖިލީހަށް ހުށަހަޅުއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތެއް އަކުރެއް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު އުނި ކުރުމަށްފަހު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

އެގޮތުން މީކާއިލް މީކާއިލް ހުށަހަޅުއްވާފައިވާ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ހަތަރު ހާލަތެއްގައި އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އެއީ:

  • ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރެއް އަމިއްލަ އިސްނެގުމަށް އިންތިހާބުވީ ޕާޓީއަކުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން.
  • އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވުން.
  • އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، ޕާޓީގެ ނިންމުމާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ނުވަތަ އެނޫން ވެސް ސަބަބަކަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އެމީހަކު އެ ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތެއްގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތު އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމުން.
  • މެންބަރަކު މަގާމުން ވަކި ކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިޅިހަށް ހުށަހަޅާ ޕެޓީޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރަން ނިންމުން..

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox