މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ހުށަހަޅައިފި

މީކާއިލް ނަސީމް: މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: މަޖިލިސް

މީކާއިލް ނަސީމް: މަޖިލިސް މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

ސިޔާސީ ޕާޓީގެ މެންބަރަކުން ވަކި ކުރެވުނު މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމި ހުރުމާމެދު އެ ދާއިރާގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އަދި އެ މެންބަރަކު ވަކި ކުރުމަށް ނުފެންނަ ކަމަށް ދާއިރާގެ ވޯޓުދޭ މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތުގައި އެ މެންބަރަކު ހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއް ގޮތުގައި ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އިޖުރާއަތު ހިންގަންވާނީ، ނިސްބަތްވާ އިންތިހާބީ ދާއިރާއަކީ މާލެ އާއި ސިޓީތައް ފިޔަވައި އެހެން އިންތިހާބީ ދާއިރާއެއްނަމަ، އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އާބާދީގެ 25 ޕަސަންޓު ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާނެމަ އެވެ.

އަދި މާލެ އާއި ސިޓީ ތަކުގައިވާނަމަ، އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އާބާދީގެ 15 ޕަސަންޓު ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާނަމަ އެވެ

މީކާއިލް މަޖިލީހަށް ހުށަހަޅުއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތެއް އަކުރެއް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު އުނި ކުރުމަށްފަހު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

އެގޮތުން މީކާއިލް މީކާއިލް ހުށަހަޅުއްވާފައިވާ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ހަތަރު ހާލަތެއްގައި އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އެއީ:

  1. ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރެއް އަމިއްލަ އިސްނެގުމަށް އިންތިހާބުވީ ޕާޓީއަކުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން.
  2. އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވުން.
  3. އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، ޕާޓީގެ ނިންމުމާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ނުވަތަ އެނޫން ވެސް ސަބަބަކަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އެމީހަކު އެ ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތެއްގައި، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތު އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމުން.
  4. މެންބަރަކު މަގާމުން ވަކި ކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިޅިހަށް ހުށަހަޅާ ޕެޓީޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރަން ނިންމުން..

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox