އަސްކަރީ އުޅަނދުތައް ދުއްވާ އިންޑިއާގެ މަދަނީންގެ ހުރިހާ ތަފުސީލެއް ހާމަކުރަން ޑިފެންސަށް އަންގައިފި

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓު ކުރުމަށް ތިބި އެ ގައުމުގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު މި ވެރިކަމުގައި ގެނައި "މަދަނީން"ގެ ހުރިހާ ތަފުސީލެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އަންގައިފި އެވެ.

އެއީ މަދަނީންކަން ކަށަވަރުކުރި ގޮތާއި، އެ މީހުންގެ ތަފުސީލުތަކާއި އުޅަނދުތައް އޮޕަރޭޓުކުރުމުގާ އަމަލުކުރާ ގޮތްތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން އެދުނީ މެއި 12، ގަ އެވެ.

ނަމަވެސް އެ މީހުންގެ ވަނަވަރާއި އެވްރެޖް އުމުރާއި އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ އަދަދާއި އޭގެން އެއްވެސް މީހަކު މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރިކަން ސާފުކޮށްދޭން އެދުނު ނުކުތާތަކުގެ ޖަވާބު ސިއްރުކުރަން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވަނީ ނިންމާފަ އެވެ. އަދި، ނޮވެމްބަރު 17، 2023 އިން ފެށިގެން ހަމަ އެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ވެސް ޑިފެންސުން ވަނީ ސިއްރުކޮށްފަ އެވެ.

ޑިފެންސުން ސިއްރުކުރަން ނިންމި މައުލޫމާތުތަކަށް އެދި މި ނޫހުން ވާނީ އައިކޮމްއަށް މައްސަލަ ހުށަހަޅާފަ އެވެ. ދެތިން މަހަށް ދިގުދެމިގެންދިޔަ މި މައްސަލާގައި ހަތަރު އަޑުއެހުމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މައްސަލަ ނިންމާ، ނިންމި ގޮތުގަ ލިޔުން އައިކޮމް އިން ހިއްސާކުރީ ނޮވެމްބަރު 14، ގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ފޮނުއްވި ލިޔުމުގައި، ޑިފެންސަށް އަންގާފައިވަނީ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޑިފެންސުން ސިއްރުކުރި މައުލޫމާތުތައް މި ނޫހަށް ދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މަދަނީން ގެނައުމަށް ދިވެހި ސަރުކާރުން ވަކި އެއްބަސްވުން ހަދާފައިވާނަމަ އެ އެއްބަސްވުން އޮތީ ފޮރިން މިނިސްޓްރީގައި ކަމުގައި ޑިފެންސުން މި މައްސަލާގެ އަޑުއެހުންތަކުގައި ބުނެފައިވާތީ އާރުޓީއައިގެ އެ ނުކުތާ ފޮރިންއަށް ބަދަލުކުރުމަށް ވެސް އައިކޮމް އިން ވަނީ އަންގާފަ އެވެ.

އިންޑިއާގެ އުޅަނދުތައް އޮޕަރޭޓުކުރަން ތިބި އެ ގައުމުގެ ސިފައިން ފޮނުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެވަޑައިގެންނެވި ވައުދާއެކު، ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ފެށްޓެވި އެވެ. ނަމަވެސް އޭގެ ފަހުން އިންޑިއާގެ އުޅަނދުތައް އުދުހުނެވެ.

ތިން ބެޗަކަށް ބަހާލައިގެން އިންޑިއާގެ 76 ސިފައިން އަނބުރާ ގެންގޮސް ނިމުނު ކަމަށް ސަރުކާރުން ބުނީ މެއި 10، ގަ އެވެ. ބަދަލުގައި ގެނައީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މަދަނީން ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ. މަދަނީން އައި ފަހުން ވެސް އިންޑިއާގެ އުޅަނދުތައް އެކި ދަތުރުތައް ކޮށްފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރަސްމީކޮށް ބަލިމީހުން އުފުލަން ފަށާ ޑޯނިއާއިން މިނިވަން ދުވަހު ދަތުރެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މައުލޫމާތު ސިއްރުކުރުމުން އެ އުޅަނދުތަކުން މި ވެރިކަމުގައި ކުރި ދަތުރުތަކުގެ ޖުމްލަ އަދަދެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox