ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރަކު ޕާޓީގެ އިސްވެރިންނަށް ވަކި ކުރެވިގެން ނުވާނެ: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް : ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރަކު ޕާޓީގެ އިސްވެރިންނަށް ވަކި ކުރެވިގެން ނުވާނެ ކަމަށް އޭނާ މިއަދު ވިދާޅުވި ---- ފޮޓޯ: މަޖިލިސް އިދާރާ

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް : ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރަކު ޕާޓީގެ އިސްވެރިންނަށް ވަކި ކުރެވިގެން ނުވާނެ ކަމަށް އޭނާ މިއަދު ވިދާޅުވި ---- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ ތާއީދާއެކު މަޖިލީހަށް ހޮވޭ މެންބަރަކު އެ މަގާމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ލިބިދީގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުކަން ގެއްލޭ ހާލަތްތައް ހިމެނޭހެން ގާނޫނު އަސާސީ ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޓިކެޓެއްގައި އިންތިހާބުވެ ވަޑައިގެންފައިވާ މީކާއިލް ވިދާޅުވީ، އެންޓި ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ފަދަ ނިޒާމަކަށް އޭނާ ވެސް ތާއީދުކުރާ ކަމަށެވެ. ނަމަވެސް އެ ބާރު ސިޔާސީ ޕާޓީގެ ވެރިންނަށް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީއެއްގެ އިސްވެރިން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުން އިންތިހާބުކޮށްފައި ހުރި މީހަކު ޓޮއް ކިޔާފައި. އިއްޒަތްތެރި ރައީސް. ޓޮއް ކިޔާފައި ވަކިކޮށްލެވޭ އުސޫލު އެއީކީއެއް އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހަޅާފައިވަ ބަދަލުގެ ތެރޭގައި މަޖިލިސް މެންބަރުން ގޮނޑި ގެއްލޭނެ ގޮތަށް އޮތީ ދެ ހާލަތެކެވެ. އެއީ މެންބަރަކު ޕާޓީ ބަދަލުކުރުން ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމާއި ޕާޓީން މެންބަރަކު ވަކިކުރުމެވެ. ޕާޓީން މެންބަރަކު ވަކިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނުގައި ވެސް ނޯވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަންދޫބުން ވަކިކުރެވޭނެ އިޖުރާތްތަކެއް ކަނޑައެޅިގެންދާއިރު އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ރައްޔިތުން. އަޅުގަނޑުމެން ޖެހޭނީ އަހަން ޖެހޭނީ އެ ރައްޔިތުން ގާތު އޭނާ ވަކިކުރަން ބޭނުންތޯ،" މީކާއިލް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކަކަށް ނޫން ބާރުތައް ޖަމާކުރަންވީތީ. އިއްޒަތްތެރި ރައީސް ތަފާސް ހިސާބުތަކުން އެކި ޕޯލްތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ ތެރޭ ސިޔާސީ ޕާޓީތަކަށް އޮތް އިތުބާރު އިންތިހާއަށް ކުޑަ. އެހެންވީމާ ސިޔާސީ ޕާޓީއެއްގެ ލީޑަޝިޕުގަ ތިބޭ މަދު، ހަތަރު ފަސް ބޭފުޅުންނަށް ރައްޔިތުންގެ ތެރެއިން 5،000 މީހުން އިންތިހާބުކުރާ މަންދޫބެއް އެއްދުވަހުގެ ތެރޭ ވަކިކޮށްލެވޭ ގޮތަށް އޮންނަ އޮތުން އެއީ ރަނގަޅު ގޮތެއް ނޫން،"

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ގެންނަ ބަދަލު ހިމެނޭހެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ އިސްލާހު ގެންނަން ބޭނުން ނުވާ މެންބަރުން ތިއްބެވިޔަސް، އެ ބައްދަލުވުމުގައި އެކަން ފާޅުގައި ވިދާޅުވީ މަދު މެންބަރުންތަކެއް ކަމަށް މައުލޫމާތު ލިބެ އެވެ. މިފަދަ އިސްލާހެއް ގެނައުމަށް ރައީސް ނިންމެވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅުންނާ ޗެލެންޖު ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox