އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރާތީ ކަންބޮޑުވުން

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލު ކުރުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ލީޑަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު އިއްވާފަ އެވެ. އަދި ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ކުރިއަށްދާނެ އެވެ.

ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. އަދި, މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށެވެ.

އިދިކޮޅު މައި ޕާޓީ, އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވަނީ ސަރުކާރުން މި ބަދަލުތައް ގެންނަން ހުށަހަޅާފައިވަނީ ނުބައިނިޔަތެއްގައި ކަމަށް ވިދާޅުވެފަ އެވެ.

"ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖެހޭނީ އެ އިސްލާޙަކާއި ދޭތެރޭ ފުރިހަމައަށް ބަހުސްކޮށް އެއިސްލާހެއް ރައްޔިތުންނަށް ވެސް އެނގި މަޝްވަރާ ކުރެވިގެން. ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ސިއްރު ސިއްރުން އަވަސް އަރުވާލައިގެން ކުރާޒާތުގެ ކަމެއް ނޫން," ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވަނީ ގާނޫނުއަސާސީ އިސްލާހުކުރުމުގައި ކޮންމެވެސް ވަރެއްގެ ގޮތެއް ފޮތެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅި އެންޓި-ޑިފެކްޝަން މާއްދާއަށް އޭނާ ތާއިދު ކުރެއްވި އެވެ.

"ގާނޫނުއަސާސީއަކީ އޭގައި ރައްޔިތުންގެ މަސްލަހަތު އޮތް, ގައުމުގެ ދުސްތޫރު. އެ ބަދަލުކުރަން ޖެހޭނީ ރައްޔިތުންނާ މަޝްވަރާކުރުމުގެ އިޖުރާއަތަކަށް ފަހު," ރައްޔިތުންނާ މަޝްވަރާ ނުކުރާތީ ކަންބޮޑުވެ ދިޔާނާ ލިޔުއްވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން ވެސް ވަނީ ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ރައްޔިތުންގެ އަޑު އިއްވަން، ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުން ފޮނުވާފަ ތިބި، ރައްޔިތުންގެ މަންދޫބުން އަނގަ ބަންދު ކޮށް ބަޓަނަށް އޮބާ ބޮޓުންނަށް ބަދަލުކުރުމުން އެތަނަށް ރައްޔިތުންގެ މަޖްލީހޭ ކިޔޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދާއިރާ ރައްޔިތުން ވިއްކައިގެން މަޖްލީހަށް ވަދެ ހަމަ ބޮޓުންގެ ގޮތުގައި ތިބެން މިދާއިރާތަކުގެ ރައްޔިތުން ރުހޭނެތޯ މިވެސް އަޅުގަނޑު އުފެދޭ ސުވާލެއް," އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ޕީޕީއެމްގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހްމަދު ވެސް ވަނީ މި ބަދަލުތަކަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ގެންނަ ބަދަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"ހުށަހަޅާފައިވާ އިސްލާހަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ހިލާފު އިސްލާހައް. ޗެކް އެންޑް ބެލެންސް އެއްކޮށް ނެތިގެންދާނެ. މި އިސްލާޙު ގާނޫނުއަސާސީއާ ހިލާފު. މިވެސް ގާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ބޮޑު ބަހުސެއް އޮތް ކަމެއް. އިސްލާހު ފާސްކުރިޔަސް ތި ކަމެއް ނުނިމޭނެ. މިއަދު މި ފެނުނީ އެއްވެސް އެއްބަޔަކަށް މިހާ ބޮޑު ސުޕަރ މެޖޯރިޓީ އެއް ދިނުމުގެ ނުރައްކާ," ޖަމީލު އެކްސްގައި ލިޔުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވެސް ވަނީ ސުޕަމެޖޯރިޓީ އޮންނަ ޕާޓީއަކަށް މެންބަރުން ވަކިކުރުމުގެ ބާރު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު އޮންނަންވާނީ އެ އިންތިހުބުކުރި ދާއިރާގެ ރައްޔިތުންގެ އަތުގައި. ރައްޔިތުން އިންތިޚާބުކުރި މީހަކު، ސިޔާސީ ޕާޓީއެއްގެ ދެތިންމީހެއްގެ ކޮމެޓީީއަކުން ވަކިކުރެވޭނީ ކޮންހަަމައަކުންތޯ؟ މީގެ ކުރިން ވެސް ތި ހަޑިހާވަން އުޅެގެން 12 ފާޅުވީ," އިލްހާމް ލިޔުއްވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސަރުކާރުން އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލުކުރާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ގެންނަ ބަދަލު ހިމެނޭހެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ އިސްލާހު ގެންނަން ބޭނުން ނުވާ މެންބަރުން ތިއްބެވިޔަސް، އެ ބައްދަލުވުމުގައި އެކަން ފާޅުގައި ވިދާޅުވީ މަދު މެންބަރެތަކެއް ކަމަށްވެ އެވެ. މިފަދަ އިސްލާހެއް ގެނައުމަށް ރައީސް ނިންމެވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅުންނާ ޗެލެންޖު ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox