24 ގަޑިއިރު ތެރޭ ގާނޫނުއާސާސީ ބަދަލުކުރަން އުޅޭއިރު، މީގެ ކުރިން އޭޖީ ވިދާޅުވީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ގާނޫނު އާސާސީ ބަދަލުކުރާއިރު އެކަން ކުރާއިރު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ގާނޫނު އާސާސީ ބަދަލުކުރާއިރު އެކަން ކުރާއިރު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ މިއަދު ބަދަލު ކުރަން މަސައްކަތް ކުރާއިރު، އެފަދަ ބިލެއްގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ ހިޔާލު ހޯދައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މީގެ ދެ ހަފުތާ ކުރިން އޮތީ ވިދާޅުވެފަ އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތުތަކުގެ އިތުރުން ވެސް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގައި ގާނޫނުއަސާސީއަށް މައިގަނޑު ފަސް ބަދަލެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ.

ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ އިސްލާހުތަކާ ގުޅޭ ގޮތުން އުޝާމް ވާހަކަ ދެއްކެވީ އޮކްޓޯބަރު 30، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އަސާސީއަށް ބަދަލު ގެންނަ ބިލު ލަސްވަނީ ހޯދަން ޖެހޭ ހިޔާލާއި މަޝްވަރާތައް ގިނަވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެތެރެއިން ބައެއް އިސްލާހުތަކަކީ ވަރަށް އެކްސްޓެންސިވް ޕަބްލިކް ކޮންސަލްޓޭޝަން އަދި އެކި އެކި ފަރާތްތަކާ މަޝްވަރާ ކޮށްގެން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ އެކަމަށް ވަގުތު ކޮޅެއް ނަގަނީ،" އުޝާމް ވިދާޅުވި އެވެ.

އެގޮތުން، މި ދައުރުގެ ތެރޭ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ފުރަތަމަ ބިލު ހުށަހަޅުއްވާނެ ކަމަށް ވެސް އެދުވަހު އޭނާ ވިދާޅުވި އެވެ. މިހާރު ހުށަހަޅާފައި ވަނީ އެ ދުވަހު ވިދާޅުވި ބިލު ކަމަށް ބެލެވެ އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ގެންނަ ބަދަލު ހިމެނޭހެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ އިސްލާހު ގެންނަން ބޭނުން ނުވާ މެންބަރުން ތިއްބެވިޔަސް، އެ ބައްދަލުވުމުގައި އެކަން ފާޅުގައި ވިދާޅުވީ މަދު މެންބަރެތަކެއް ކަމަށްވެ އެވެ. މިފަދަ އިސްލާހެއް ގެނައުމަށް ރައީސް ނިންމެވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅުންނާ ޗެލެންޖު ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

މަޖިލިސް މެންބަރުން ވަކިވާ ހާލަތްތަކުގެ އިތުރުން، ރައީސަށް އިތުރު ބާރެއް ދިނުމާއި ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަ ނަމަ މަޖިލީހުން ފާސްކުރުމާއި އަސްކަރީ ބޭނުމަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox