އޭއައި ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

Nov 20, 2024, 4:31 AM
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް: މި ސްކޭމްގައި ނުޖެހެން އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް: މި ސްކޭމްގައި ނުޖެހެން އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަމުގައި ޓްރޭޑިން ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އޭނާ އެދިއްޖެ އެވެ.

ގާސިމްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ފޮޓޮ އާއި ވީޑިއޯ ބޭނުންކޮށްގެން، އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށްގެން އަވަހަށް ފައިދާ ލިބޭ ސްކޭމެއް ހިންގަމުން އަންނަ ކަމަށް ބުނެފަ އެވެ. މި ސްކޭމް ހިންގާ މީހުން ބުނަމުން އަންނަނީ މީގައި އިންވެސްޓުކޮށްގެން ރާއްޖޭގެ ގައުމީ ބޭންކު މެދުވެރިވެ މި ސްކީމުގެ ފައިދާ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.

މިކަން ކުށްވެރިކުރަމުން ގާސިމް ވިދާޅުވީ މި ގޮތުން އޭނާގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށު ދަރައިޖެ އަމަލުތަކެއް ކަމަށެވެ. އޭނާ ވަނީ މި ސްކޭމްގައި ނުޖެހުމަށާއި މިކަން ކުރަން ބޭނުންކުރާ އޯޑިއޯ ކްލިޕުތަކާއި ވީޑިއޯ ކްލިޕުތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރަން އެދިވަޑައިގެންފަ އެވެ.

ގާސިމްގެ ނަމުގައި ފަތުރަމުންދާ ވީޑިއޯގެ ސްކްރީން ގްރޭބެއް: މީގައި އޭނާގެ ފަސް ބިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާ ކަމަށް ވެސް ބުނޭ --
ގާސިމްގެ ނަމުގައި ފަތުރަމުންދާ ވީޑިއޯގެ ސްކްރީން ގްރޭބެއް: މީގައި އޭނާގެ ފަސް ބިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާ ކަމަށް ވެސް ބުނޭ --

ގާސިމްގެ ނަމުގައި ފަތުރަމުންދާ ވީޑިއޯގެ ސްކްރީން ގްރޭބެއް: މީގައި އޭނާގެ ފަސް ބިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާ ކަމަށް ވެސް ބުނޭ --

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ގާސިމް ޓީވީ ޗެނަލަކަށް ދީފައިވާ އިންޓަވިއުއެއް ބަދަލުކޮށްގެން ހަދާފައިވާ ވީޑިއޯއެކެވެ. އިނގިރޭސިން އަޑު އަޅާފައިވާ އެ ވީޑިއޯގައި ގާސިމް ކަމަށް ދައްކުވައިދޭން އުޅޭ މީހާ އިންވެސްޓުކުރަން ދައުވަތު ދެމުން، އޭނާގެ ފައިސާ ވެސް އެކަމުގައި އިންވެސްޓުކޮށްފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox