ސިޓީގައި މަޑުކުރަން ގާޑިއޯލާ ނިންމައިފި

Nov 20, 2024, 3:19 AM
ސިޓީގައި މަޑުކުރަން ގާޑިއޯލާ ނިންމައިފި

މެންޗެސްޓާ (ނޮވެމްބަރު 20) - މެންޗެސްޓާ ސިޓީގައި އިތުރު އެއް ސީޒަނަށް މަޑުކުރަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ނިންމައިފި އެވެ.

ގާޑިއޯލާ، 53، އެންމެ ފަހުން ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް އޮތީ ހަމަވާގޮތަށެވެ. ގިނަ މަޝްވަރާތަކަށް ފަހު، ސިޓީން ދިން އާ ކޮންޓްރެކްޓްގައި ގާޑިއޯލާ ސޮއިކުރަން ނިންމިއިރު، އެއެއްބަސްވުމުގައިވާ ގޮތުން، އަދިވެސް އިތުރު އެއް އަހަރަށް ސިޓީގައި ގާޑިއޯލާ މަޑުކުރެވޭނެ އެވެ.

ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކުރިން ކޯޗުކޮށްދިން ގާޑިއޯލާ، ސިޓީއާ އެކު މި ސޮއިކުރާ އެއްބަސްވުމާ އެކު، އެ ކްލަބްގަައި އޭނާ 10 އަހަރުވާނެ އެވެ. މިއީ، ގާޑިއޯލާގެ ކެރިއަރުގައި އެންމެ ގިނަ އަހަރު އެއް ކްލަބެއްގައި މަޑުކުރާ ފަހަރެވެ.

ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ ވަނީ އެ ޓީމަށް 18 ޓްރޮފީ ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުގެ އިތުރުން، ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ގާޑިއޯލާ ވަނީ ސިޓީ އަށް ޖެހިޖެހިގެން ހަތަރު ޕްރިމިއާ ލީގު ތަށި ހޯދައިދީ، އެ ކާމިޔާބީ ހާސިލްކުރި ފުރަތަމަ ޓީމުގެ ޝަރަފް ވެސް ހޯދައިދީފަ އެވެ.

މިއީ ސިޓީއާ ގުޅުނު ފަހުން ގާޑިއޯލާ ކޮންޓްރެކްޓް އާ ކުރާ ހަަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސިޓީގެ ކޮންޓްރެކްޓް އާ ކުރީ 2018 ވަނަ އަހަރު މެއި މަހު އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ނޮވެމްބަރު މަހު އަދި 2022 ވަނަ އަހަރު ނޮވެމްބަރު މަަހު ސިޓީގެ ކޮންޓްރެކްޓް އާ ކުރި އެވެ.

ޕްރިމިއާ ލީގުގެ ކްލަބްތަކުގައި މި ވަގުތު ތިބި ކޯޗުންނަށް ބަލާއިރު، އެއް ކްލަބެއްގައި އެންމެ ގިނަ ދުވަސްވި ކޯޗަކީ ގާޑިއޯލާ އެވެ. ސިޓީ، އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިވާއިރު، މިއީ ގާޑިއޯލާގެ ކެރިއަރުގައި މި ފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ގާޑިއޯލާ ގެންދަން މަސައްކަތްކުރަމުން އަންނަ ވާހަކަ އޭނާ ވަނީ ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox