ގާނޫނުއަސާސީ އިސްލާހު ކުރަން އުޅެނީ ޕާޓީއިން މެންބަރަކު ވަކި ކުރިޔަސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށް

Nov 19, 2024, 6:44 PM
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ކުއްލި ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރަނީ ޕާޓީ ބަދަލު ކުރުމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާ ބާތިލް ކުރަން ކޯޓަށް ދިޔުމުން -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ކުއްލި ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރަނީ ޕާޓީ ބަދަލު ކުރުމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާ ބާތިލް ކުރަން ކޯޓަށް ދިޔުމުން -- ފޮޓޯ: އަދަދު ފައިލް

ގާނޫނުއަސާސީ އިސްލާހު ކުރަން ވެރިކަން ހިންގާ ޕީއެންސީން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުގައި، ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީއެއް ތަމްސީލު ކުރާ މެމްބަރަކު އެ ޕާޓީއަކުން ވަކިކޮށްފި ނަމަ ވަގުތުން ގޮނޑި ގެއްލޭ ގޮތަށް އިސްލާހެއް ހިމަނައިފި އެވެ.

ކުއްލި ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޕީއެންސީއިން މަސައްކަތް ކުރަނީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާތައް އެންޓި ޑިފެކްޝަން ގާނޫނުން ބާތިލް ކުރަން ހައި ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ.

ގާނޫނުއަސާސީ ބަދަލު ކުރަން ޕީއެންސީ ތަމްސީލު ކުރާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވަން ހަމަޖެހިފައިވާ ބިލުގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީގެ މެންބަރަކު ގާނޫނުގައިވާ ގޮތުގެ މަތިން" ވަކިކޮށްފި ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މިހާރު އަމަލު ކުރާ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނަނީ، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިވެއްޖެ ނަމަ ވަކި ކުރީ ރަނގަޅަށްތޯ ކަނޑައަޅަން އެމީހަކަށް ކޯޓަށް ދެވިދާނެ ކަމަށެވެ. އަދި ވަކި ކުރީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ އޭނާ މަގާމުން އިސްތިއުފާދޭންޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

ނަމަވެސް މާދަމާ ހުށަހަޅާ އިސްލާހުތައް އޮތް ގޮތަށް ފާސްވެއްޖެ ނަމަ ސިޔާސީ ޕާޓީއަކުން އޭނާ ވަކިކޮށްފި ނަމަ މެންބަރު ކަމުން ވެސް ވަގުތުން ވަކިވާނެ އެވެ.

އޭގެ އިތުރުން، ޕާޓީއަކަށް ނިސްބަތްނުވާ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް މަގާމުން ވަކިވާނެ ކަމަށް މާދަމާ ހުށަހަޅާ ބިލުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން މިފަދަ ގޮތަކަށް ފަރުމާކޮށްފައި އޮތް ގާނޫނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސް ކުރި އެވެ. އެ ގާނޫނު ފާސް ކުރީ ރެޓްރޯސްޕެކްޓިވްކޮށް އަމަލު ކުރެވޭ ގޮތަށް، ގާނޫނު ފާސް ކުރުމުގެ ކުރިން ޕާޓީން ވަކިވި ނުވަތަ ވަކިކޮށްފައިވާ މެންބަރުންގެ ވެސް ގޮނޑި ގެއްލޭ ގޮތަށެވެ.

އެ ގާނޫނުގެ ދަށުން އެއިރު ޕީޕީއެމް އިން ވަކިވި 12 މެންބަރެއްގެ ގޮނޑި ގެއްލުނެވެ. އެކަމަކު، ވެރިކަން ބަދަލުވުމުން އެ ގާނޫނު އުވައިލީ އެވެ.

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ މާއްދާތައް މިހާރު އަމަލު ކުރާ އެންޓި ޑިފެކްޝަން ގާނޫނުން އުވާލަން ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އަދި އެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީއެއް ނުކުރެ އެވެ. އެ މައްސަލަ ކޯޓަށް ވެއްދީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ ފަރާތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox