ޕީއެންސީ މެންބަރު ނަސީރު ވިދާޅުވީ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެއްޖެ ކަމަށް

އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު: އުންމީދާ އެކު ގެނައި ސަރުކާރާ މެދު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު: އުންމީދާ އެކު ގެނައި ސަރުކާރާ މެދު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުން ވަރަށް އުންމީދާއެކު ގެނައި ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ގިނަ ދާއިރާތަކުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވެފައި ކަމަށް އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ ރަށްރަށުގެ ރައްޔިތުން އަހަރެއް ތެރޭގައި ގެންނަން ބޭނުންވި ތަރައްގީ ހުއްޓި، އެކަން ނުކުރެވިގެންދިޔަ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެއް އަހަރު ވެގެންދިޔައިރު ގިނަ ދާއިރާތަކުގެ ރައްޔިތުންގެ އިހުސާސްތައް ހުރީ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވުން ތެރޭގައި އިއްޒަތްތެރި ރައީސް. އެބޭފުޅުންގެ އަޅަން ހަމަޖެހިފައިވާ، ސިއްހީ ނިޒާމު ތެރެއިން އަޅަން ބޭނުންވި ހޮސްޕިޓަލާއި، ތައުލީމަށް އަޅަން ބޭނުންވި ސްކޫލްތަކާއި، މަގު ހެދުމާއި، ނަރުދަމާ އާއި މިނޫން ވެސް ހުރިހާ ކަންތައްތަކެއް ހުއްޓި މި މަސައްކަތް ނުކުރެވިގެންދިޔަ ސަބަބު އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނާ ހިސާބަށް ކިޔައިދޭން އިއްޒަތްތެރި ރައީސް،" ނަސީރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފަސް އަހަރު ތެރޭގައި ބޮޑެތި ވައްކަންތަކެއް ކޮށްފައި އޮތް ގޮތް އެންމެންނަށް އެނގޭ ގޮތަށް ބުނެދޭން ޖެހޭކަން ކަމަށް ވިދާޅުވެ ނަސީރު އިތުރަށް ވިދާޅުވީ ދައުވާތައް ކޮށްގެން ރުފިޔާތައް ހޯދި ނަމަވެސް އެ ފަސް އަހަރުގައި ގެއްލުނު ވަގުތު ނުލިބޭނެ ކަމަށެވެ.

މި ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތް ސާބިތުވާނީ މިދިޔަ ސަރުކާރުގެ ފަސް އަހަރު އޮތް ދަރަނިތަކާއި ކޮށްފައި ހުރި ކަންކަން ސާބިތުކޮށްދީގެން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. އެކަން ސާބިތު ނުކޮށް މިހާރު މިކުރާ މަސައްކަތަކީ ބާރު ދުވެލީގައި ކުރާ މަސައްކަތެއްކަން ކުރިއަށް އޮތް ހަތަރު އަހަރު ރައްޔިތުންނަށް ވިސްނައި ނުދެވޭނެ ކަމަށް ނަސީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ނަސީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދަތުރުތައް ކުރަން ފަށައި ރައްޔިތުންގެ ވިންދާ އެގޮތަށް މަސައްކަތް ކުރާކަން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox