ވ. ތިނަދޫ ބަނދަރު ހަދަން ގެނައި ކޮންނަބޯޓު ގެންދަން އުޅުމުން ރައްޔިތުން ނުކުމެ ހުއްޓުވައިފި

Nov 19, 2024, 12:10 PM
ތިނަދޫ ބަނދަރު މިހާރު އޮތް ގޮތް: އެއީ މުޅި އަތޮޅުގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ ބަނދަރު -- ފޮޓޯ: ރަށު ކައުންސިލް

ތިނަދޫ ބަނދަރު މިހާރު އޮތް ގޮތް: އެއީ މުޅި އަތޮޅުގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ ބަނދަރު -- ފޮޓޯ: ރަށު ކައުންސިލް

ވ. ތިނަދޫ ބަނދަރު ހަދަން އެ ރަށަށް ގެންގޮސްފައި ހުރި ކޮންނަބޯޓު މިއަދު ރަށުން ބާލަން މަސައްކަތް ކުރުމުން ރަށު ރައްޔިތުން ނުކުމެ އެކަން ހުއްޓުވައިފި އެވެ.

ތިނަދޫގައި މިހާރު ބޭނުން ކުރާ ބަނދަރު ބާވެ، ހަލާކުވެފައި އޮތުމުން އެ ބަނދަރު ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން އެމްޓީސީސީގެ ޓީމަކާއި ކޮންނަ ބޯޓެއް ރަށަށް ގެންދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ދެ ފަހަރަކު އެމްޓީސީސީގެ ޓީމު އެ ރަށުން ފައިބަން އުޅުނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ތިނަދޫ ކައުންސިލުން ސަރުކާރާ ވާހަކަ ދެއްކުމުން ނިންމުން ބަދަލު ކުރަނީ އެވެ. މިއަދު އެމްޓީސީސީން މަސައްކަތް ކުރީ ކޮންނަބޯޓު ގެންދާށެވެ.

Advertisement

"މިނިސްޓަރަށް ގުޅީމަ އެބަ ވިދާޅުވޭ އެގޮތަށް އެކްސްކަވޭޓަރު ގެންދަން ބުނެފައެއް ނޯންނާނޭ. ދެން ހަމަ ހުރެފައި ނުގެންދެވޭނެތާ. އެހެންވީމަ އަސްލު އެކަން ހުއްޓުވީ،" ތިނަދޫ ކައުންސިލުގެ ރައީސް ޝީފާގް ހުސެއިން ވިދާޅުވި އެވެ.

ތިނަދޫގައި މިހާރު ބޭނުން ކުރާ ބަނދަރަކީ 2007 ވަނަ އަހަރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އެހީގައި އަޅާދީފައި އޮތް ބަނދަރެކެވެ. އެކަމަކު، ބަނދަރުގެ ބޭރު ތޮށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެހެންވެ މިވަގުތު ވެސް ހަތް ދޯނި އޮތީ އެއްގަމަށް ނަގައިފަ އެވެ.

ބަނދަރު އަލުން ހަދަން މަސައްކަތް ކުރަނީ ޒަމާނީކޮށް މިހާރަށްވުރެ 161 ފޫޓު ބޮޑުކޮށެވެ. މިހާރު ބަނދަރުގެ ބޮޑު މިނަކީ 300 ފޫޓު، 80 ފޫޓެވެ.

ތިނަދޫ ބަނދަރު މަތިން ނަގާފައި އޮތް ފޮޓޯއެއް:
ތިނަދޫ ބަނދަރު މަތިން ނަގާފައި އޮތް ފޮޓޯއެއް:

ތިނަދޫ ބަނދަރު މަތިން ނަގާފައި އޮތް ފޮޓޯއެއް: މިއީ ގާސިމް އިބްރާހިމްގެ އެހީގައި 2007 ވަނަ އަހަރު އެޅި ބަނދަރެއް -- ފޮޓޯ: ރަށު ކައުންސިލް

ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް ކުރާ ތިނަދޫ ބަނދަރަކީ މުޅި އަތޮޅުގައި ވެސް އެންމެ ގިނައިން ބޭނުން ކުރާ ބަނދަރެވެ. އަދި އެއީ އެ އަތޮޅުން ހަމައެކަނި ތެޔޮ އަޅައިދޭ ބަނދަރު ވެސް މެ އެވެ. އެކަމަކު ބަނދަރު ކުޑަވުމާއި ބަނދަރުން ލިބޭ ރައްކާތެރިކަން ކުޑަވުމުން އޮޑިދޯނިފަހަރު އެޅުން ވަނީ ބުރައަކަށްވެފަ އެވެ.

"މި ރަށުގަ މިހާރު ވެސް ނުވަ ގެސްޓްހައުސް އެބަ ހިންގާ. އިތުރު 400 ކޮޓަރި އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން. އެހެންވީމަ ކުރިމަގަށް ބަލާފަ ވެސް ބަނދަރު ވަރަށް މުހިންމު މި ރަށަށް،" ޝަފީގް ވިދާޅުވި އެވެ.

ތިނަދޫއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނައިން ސަރުކާރަށް ޓެކްސް ދައްކާ އެއް ރަށެވެ. ތިނަދޫގެ އާބާދީއަކީ އެންމެ 222 މީހުންނެވެ. ނަމަވެސް ޓެކްސްގެ ގޮތުގައި އެ ރަށުން ކޮންމެ އަހަރަކު ވެސް 25 މިލިއަން ވަރަކަށް ރުފިޔާ ސަރުކާރަށް ދައްކަ އެވެ.

"ކޮންމެ އިރުވައެއްގެ އެބަ ތޮށިގަނޑު ވައްޓާލާ. މިތާ ކައިރި އޮންނަ ތިލައެއްގެ ސަބަބުން އެހެރަ ނަގަނީ އިންތިހާ ބޮޑު ރާޅު. ސަރުކާރަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ މި ބަނދަރު ހަދައިގެނެއް. ވާނީ ފައިދާ. މިއީ ޓެކްސް ދައްކާ ރަށެއް،" ރަށު ކައުންސިލް ރައީސް ވިދާޅުވި އެވެ.

ބައެއް ރަށްރަށުގައި ހިންގަންޖެހޭ ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެހެން ތަންތަނަށް ގެންގޮސްފަ އެވެ. އެގޮތުން އއ. އުކުޅަހުގެ މަގު ހަދަން ގެންގޮސްފައި ހުރި ހިމުން ވެލިތަކެއް ވަނީ އެހެން ރަށަކަށް ގެންގޮސްފަ އެވެ. ނ. ނަރުދޫ ބަނދަރު ހަދަން ގެންގޮސްފައި އޮތް ކޮންނަބޯޓު ބާލަން ވެސް މަސައްކަތް ކުރި އެވެ. އެކަމަކ ކައުންސިލުން އެކަން ހުއްޓުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox