ވެރިކަމަށް އަންނަން ޝައުގުވެރިކަން އެބަހުރި، އެކަމަކު 2028 އާ މެދު ގޮތެއް ނުނިންމަން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވާ ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ހުރި ނަމަވެސް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކާމެދު ބަހުސް ކުރެވެން މިހާރު ފަށާފައިވާއިރު ފައްޔާޒަކީ އޭގެ ތެރެއިން އެއް ނަމެވެ. މިއީ ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ފައްޔާޒް ވިދާޅުވި ފުރަތަމަ ފަހަރެވެ. އެކަން އޭނާ ހާމަ ކުރެއްވީ ނޫހުގެ "އެތެރެފުށް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެ ތިމަންނާ އެކަހަލަ އިންޓްރެސްޓެއް ނެތޭ އެނގޭތޯ. އަޅުގަނޑުގެ އިންޓްރެސްޓް އެބަހުރި. އެކަމަކު އޭގެ މާނައަކީ 2028 ގައި އެކަން ކުރަން ނިންމައިގެން އަޅުގަނޑު ހުރި ވާހަކައެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އޭނާ މިވަގުތު މަސައްކަތް ކުރަމުންދަނީ 2028 އާ ހަމައަށް މިހާރު އޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަލި ކުރެވޭނެ ގޮތަކަށް ކަމަށާއި އެފަދަ މަގެއް ނުހޯދިއްޖެ ނަމަ ރައްޔިތުންނަށް މި ގައުމުގައި ނޫޅެވޭނެ ކަމަށެވެ.

"އަޅުގަނޑު މިވަގުތު ބަލަމުން މިދަނީ އެންމެ މުހިންމު ކަމަކަށް މިހާރު މިއޮތް ސަރުކާރު ބަލި ކުރެވޭނެ ގޮތެއް 2028 އާ ހިސާބުން ވެސް އަދި އޭގެ ކުރިން ވިޔަސް ގާނޫނީ އިމުގެ ތެރެއިން ވެއްޖެއްޔާ ބަލި ކުރެވޭނެ ގޮތެއް ނުހޯދައިފި ކަމަށްވަންޏާމުން އަޅުގަނޑުމެންނަށް ރައްޔިތުންގެ މިނިވަންކަމާ އެއްކޮށްނެއް ދިވެހިރާއްޖެ ކުރިއަށް ދާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ 2028 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުންކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ކެންޑިޑެންސީއާ ހިސާބަށް ދާއިރު ޕާޓީއަށް ފެންނަ އެންމެ ރަނގަޅު ކެންޑިޑޭޓެއް ހޮވައި އެކަން ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ޕްރައިމަރީތައް ބާއްވައިގެން ޕާޓީގެ މެންބަރުންގެ ބަހެއް އޮވެގެން ކަންކަންވުމަކީ އެމްޑީޕީގެ ސިފައެއް ކަމަށެވެ. އަދި ވިދާޅުވީ ވަކި މީހެއްގެ އެއްޗެއްގެ ގޮތަށް ޕާޓީ އޮތް އޮތުން މިހާރު ބަދަލުވަމުންދާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީގެ މަގުގައި އެމްޑީޕީ ވެސް ދިވެހިރާއްޖެ ވެސް ކުރިއަށްދާ ކަމަށްވާ ނަމަ، ވަކި މީހަކަށް ބަރޯސާވެގެން އޮންނަ އޮތުމަށްވުރެ ސިޔާސަތުތަކަކަށް ބަރޯސާވާން މިޖެހެނީ. އެހެންވީމަ އެގޮތަށް ޕާޓީ ބަދަލުވާތަން ފެންނަމުން މިދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ 2028 ގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބަލިވާ ކެންޑިޑޭޓުން ވެސް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް އެއްވެސް ބޭފުޅަކު އިއުލާން ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox