ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލަން ކޯޓަށް މައްސަލައެއް

Nov 18, 2024, 7:01 AM
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ތިބި ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ދަފުތަރު ނަންބަރު ރސ 4800، މުހައްމަދު އަނީސް އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކޮށްފި މެންބަރަކު އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރެއްގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދީފި ނަމަ، ހަތް ދުވަހުގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.

ހަމަ އެގޮތަށް އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭންޖެހެ އެވެ. އަދި ސިޔާސީ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފި ނަމަވެސް އިސްތިއުފާ ދޭންޖެހެ އެވެ. އެކަމަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ވަކި ކުރީ ރަނގަޅަށްތޯ ބަލަން ކޯޓަށް ދިޔުމުގެ އިހުތިޔާރު މެންބަރަށް ލިބެ އެވެ.

އެ ގާނޫނުގެ ދަށުން، އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ވެސް ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ.

މުހައްމަދު އަނީސް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ އެ މައްސަލަ ހުށަހެޅީ، ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހެޅުމަކީ ގާނޫނު އަސާސީގެ ބާރު ހިނގާ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox