ބޯކޮށް ވާރޭ ވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެ

އައިޖީއެމް ހޮސްޕިޓަލް ހުރި ކަނބާއައިޝާނަރި ހިނގުމުގައި ފެންބޮޑުވެފައި. -- ފޮޓޯ: އަދަދު

އައިޖީއެމް ހޮސްޕިޓަލް ހުރި ކަނބާއައިޝާނަރި ހިނގުމުގައި ފެންބޮޑުވެފައި. -- ފޮޓޯ: އަދަދު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި، އުޅަނދުތައް ދުއްވަން ދަތިވާ މިންވަރަށް މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެ އެވެ.

އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އައިޖީއެމް ހޮސްޕިޓަލް ސަރަހައްދު ހިމެނޭ ގޮތަށް މާފަންނުގެ ގިނަ މަގުތަކެކެވެ. މަޖީދީމަގާއި، އެހެން ސަރަހައްދުތަކުގެ ބައެއް މަގުތައް ވެސް އޮތީ ފެނު އަޑީގަ އެވެ.

އެހެންވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވަނީ ފަށައިފަ އެވެ.

މާފަންނުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރަން، އެ ސަރަހައްދުގައި ހުރި ފެން ހިންދާ ނިޒާމުތައް ވެސް ދާދި ފަހުން ސަރުކާރުން ރަނގަޅުކުރި އެވެ.

ނަމަވެސް އެ ސަރަހައްދުތަކުގައި މިހާރު ވެސް އޮތީ ފެންބޮޑުވެފަ އެވެ.

ކަނބާއައިޝާރަނި ހިނގުމުގައި ފެންބޮޑުވެފައި. -- ފޮޓޯ: އަދަދު
ކަނބާއައިޝާރަނި ހިނގުމުގައި ފެންބޮޑުވެފައި. -- ފޮޓޯ: އަދަދު

ކަނބާއައިޝާރަނި ހިނގުމުގައި ފެންބޮޑުވެފައި. -- ފޮޓޯ: އަދަދު

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ސެޓްލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަތީގައި ވިއްސާރަ ވިލާ އުފެދިފައިވެ އެވެ.

މިއަދު ހަވީރު 6 ޖެހުމާ ހަމައަށް މޫސުން ގޯސްކޮށް ދައްކާ ކަމަށް މެޓު އޮފީހުން ލަފާކުރާއިރު، ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލުގަ އެވެ. އެހެން ހިސާބުތަކަށް 3 މީލާއި 13 މޭލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox