ރިސޯޓު އޯނަރުންނަށް ރައީސްގެ ރައްދު:"500 ޑޮލަރު މާރު ކުރަން ޖެހޭނެ، ގަވާއިދު ބަދަލު ނުކުރާނަން"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ: ރިސޯޓު އޯނަރުންނަށް ރައްދު ދެއްވާ އެމަނިކުފާނު ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށް ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ: ރިސޯޓު އޯނަރުންނަށް ރައްދު ދެއްވާ އެމަނިކުފާނު ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށް ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި އެ ގަވާއިދު ބަދަލުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ ޖެނުއަރީ 1، 2025 އިން ފެށިގެންނެވެ.

މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަދަދުން ސިޔާސީންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށްވެސް 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.

މި ފާޑުކިޔުންތަކާއި ނިންމުންތަކަށް ގޮންޖައްސަވާ ރައީސް މުއިއްޒު މިރޭ ވަނީ ތަކުރާރުކޮށް އެމްއެމްއޭ ގެ ގަވާއިދު ބަދަލުނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފުރުން ފާހަގަކުރުމަށް ސަރުކާރުގެ ވެރިންނާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ހަރުއަޑުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް ކަމަށާއި މިކަމަށް ގާނޫނީ ގޮތުން ބާރު ލިއްބައި ދިނުމަށް މަޖިލިސް ތެރެއިން ފޮރެކްސް ގާނޫނެއްވެސް ވުޖޫދަށް ގެންނަވާނެ ކަމަށެވެ.

އަދި، ޑޮލަރު މާރު ކުރެވެން ނެތް ކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ޕަޔަނިއާޒް އަމަލުކުރެއްވީ ސިޔާސީ ނުފޫޒެއްގައި ޖެހިގެން ކަމަށް ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންގެ ފަޅީގައި ނެތް، ގައުމަށް ހެޔޮ ނޭދޭ ސިޔާސީ ވެރިންގެ ނުފޫޒުގައި ނުޖެހުމަށް ގޮވާލައްވާފަ އެވެ.

ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ޕަލްސް، އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ އެމްއެމްއޭ އަށް ސިޓީ ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox