ޒެމްބިއާ މުބާރާތުން ނަބާ އާއި ނަބީގެ ޕެއާ ރަން މެޑަލް ހޯދައިފި

Nov 17, 2024, 11:08 AM
ޒެމްބިއާ މުބާރާތުން ނަބާ އާއި ނަބީގެ ޕެއާ ރަން މެޑަލް ހޯދައިފި

ޒެމްބިއާ އިންޓަނޭޝަނަލް 2024 ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިން ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު، މުބާރާތުގައި ވާދަކުރަމުން އަންނަ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އިން ރަން މެޑަލް ހޯދައިފި އެވެ.

ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ މިއަދު ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާއާ އެވެ. ނަބާ އާއި ނަބީގެ ޕެއާ މޮޅުވީ، 21-16, 21-19 އިންނެވެ.

މިއީ، 2019 ވަނަ އަހަރުގެ ފަހުން، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ލެވަލްގެ މުބާރާތަކުން ރާއްޖޭން ހޯދި ތިން ވަނަ ރަން މެޑަލް އެެވެ. އެ ފަހަރު ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އާއި އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އެެވެ.

އެހެންކަމުން، ނަބާ އާއި ނަބީގެ ޕެއާ މި ވަނީ، ބީޑަބްލިއުއެފް ދެ މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ. ނަބާ އާއި ނަބީ ވަނީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

ޒެމްބިއާގެ މުބާރާތުގެ މި ކާމިޔާބީއާ އެކު، މިހާތަނަށް، ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓުން، ތިން ރަން މެޑަލާއި، ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.

ޒެމްބިއާ މުބާރާތުން ރިވައިވަލް އަށް ޖުމްލަ ތިން މެޑަލް: ރަން މެޑަލް އަކާއި ދެ ލޯ މެޑަލް

ނަބާ އާއި ނަބީގެ ޕެއާ އިން ހޯދި ރަން މެޑަލްގެ އިތުރުން ޒެމްބިއާ މުބާރާތުގައި ރިވައިވަލް އިން ވަނީ އިތުރު ދެ މެޑަލް ހޯދައިފަ އެވެ. އެއީ، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ހޯދި ލޯ މެޑަލާއި އަންހެން ސިންގަލްސް އިން ނަބާ ހޯދި ލޯ މެޑަލް އެވެ.

ސެމީ ފައިނަލުން ބަލިވާ ކުޅުންތެރިންނަށް ބެޑްމިންޓަންގައި ލޯ މެޑަލް ލިބޭނެ އެެވެ. މިކްސް ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ.

އެ ގޮތުން، ޒަޔާން އާއި ނަބާގެ ޕެއާ އަތުން އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާގެ ޕެއާ މޮޅުވީ، 21-19، 21-16 އިންނެވެ. އަދި އަންހެން ސިންގަލްސްގައި ނަބާ އަތުން އަޒަރުބައިޖާންގެ އީރާ މޮޅުވިއިރު، މެޗުގެ ސެޓުތައް ދިޔައީ، 21-18، 14-21 އަދި 10-21 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox