ފްލެޓު ލިސްޓު އިއުލާނު ނުކުރާތީ މިނިސްޓްރީއަށް ދިޔުމުން މަސްރަހު ހޫނުވެއްޖެ

ފްލެޓު ލިސްޓު ނުނެރޭތީ މިއަދު މިނިސްޓްރީއަށް ބަޔަކު އެއްވެފައި: މިނިސްޓަރު ހައިދަރު ވަނީ އެއްވި މީހުންނާ ބައްދަލު ކުރަން ދެކޮޅު ހަދާފައި -- ފޮޓޯ: އަހުމަދު އަތޫފް އާތިފް / އަދަދު

ފްލެޓު ލިސްޓު ނުނެރޭތީ މިއަދު މިނިސްޓްރީއަށް ބަޔަކު އެއްވެފައި: މިނިސްޓަރު ހައިދަރު ވަނީ އެއްވި މީހުންނާ ބައްދަލު ކުރަން ދެކޮޅު ހަދާފައި -- ފޮޓޯ: އަހުމަދު އަތޫފް އާތިފް / އަދަދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ލިސްޓު އާންމުނުކުރާތީ ނުރުހުން ފާޅު ކުރަން ބަޔަކު ހައުސިން މިނިސްޓްރީއަށް ދިޔުމުން އެތަނުގެ މަސްރަހު ހޫނުވެއްޖެ އެވެ.

މިއަދު ގާތްގަނޑަށް 30 ވަރަކަށް މީހުން މިނިސްޓްރީއަށް ދިޔަ އެވެ. އެމީހުން އެދުނީ ހައުސިން މިނިސްޓަރު އަލީ ހައިދަރުއާ ބައްދަލު ކުރުމަށެވެ. ނަމަވެސް އެއްވި މީހުންނާ ނިސްޓްރީގެ އޮފިޝަލަކު ވެސް ބައްދަލެއް ނުކުރި އެވެ.

ހައުސިން މިނިސްޓްރީގެ ގޯތި ތެރެއަށް މީހުން ވަދެގަތުމުން ފުލުހުން ވަނީ އެ އޮފީހަށް ގޮސް އެއްވި މީހުން ކޮންޓްރޯލް ކުރަން މަސައްކަތްކޮށްފަ އެވެ.

މިނިސްޓަރު ހައިދަރު ކުރިން ވިދާޅުވީ އިއްޔެ ފްލެޓު ލިސްޓު އާންމު ކުރާނެ ކަމަށެވެ. އެކަމަކު، އިއްޔެ ކުއްލިއަކަށް ހައުސިން މިނިސްޓްރީން ބުނީ ފްލެޓު ލިސްޓު އާންމު ކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

ރީއިވެލުއޭޓު ކުރުމަށް ފަހު ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިިިން މިނިސްޓަރީން އޭގެ ކުރިން ބުނީ އޮކްޓޯބަރު މަހުގެ ފަހު ހަފުތާގަ އެވެ. ނަމަވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ މި ހަފުތާއަށް ފަސް ކުރީ އެވެ.

ހައިދަރު މީގެ ކުރިން ވިދާޅުވީ ފްލެޓުގެ ހައްގުވެރިންނަށް މި އަހަރު ތެރޭގައި އެ ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4،000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox