ނަބާ އާއި ނަބީ ޒެމްބިއާ މުބާރާތުގެ ފައިނަލަށް

Nov 16, 2024, 5:37 PM
ނަބާ އާއި ނަބީ ޒެމްބިއާ މުބާރާތުގެ ފައިނަލަށް

ޒެމްބިއާ އިންޓަނޭޝަނަލް 2024 ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސްގެ ފައިނަލުން ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު، މުބާރާތުގައި ވާދަކުރަމުން އަންނަ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އިން ފުރުސަތު ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ، އަޒަރުބައިޖާންގެ ޕެއާ އެއް ކަމަށްވާ އީރާ މަފްތުހާ އާއި ހާޖަރު ނުރިޔޭވާގެ ޕެއާ އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. ސެޓުތައް ދިޔައީ، 19-21، 21-15 އަދި 21-14 އިންނެވެ. ކުއާޓާ ފައިނަލުގައި ނަބީ އާއި ނަބާ ވަނީ ކުއާޓާ ފައިނަލުގައި، ޒެމްބިއާގެ ބޫޕޭ މާބޯ އާއި ޓުކޫޒާ އެމްބޭވޭގެ ޕެއާ އަތުން 21-04، 21-05 އިން މޮޅުވެފަ އެވެ.

ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ މާދަމާ ކުޅޭނީ ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ. އެ ގޮތުން، ޒަޔާން އާއި ނަބާގެ ޕެއާ އަތުން އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާގެ ޕެއާ މޮޅުވީ، 21-19، 21-16 އިންނެވެ. ކުއާޓާގައި ނަބާ އާއި ޒަޔާންގެ ޕެއާ މޮޅުވީ، ޒެމްބިއާގެ އަލިންޓޫލާ ހަބޯވާ އާއި އަންޖުމަން ބަރްދްވާޖުގެ ޕެއާ އަތުން 21-10، 21-14 އިންނެވެ.

އަންހެން ސިންގަލްސްގައި ނަބާ ވަނީ ސެމީ ފައިނަލުގައި އަޒަރުބައިޖާންގެ އީރާ އަތުން ތިން ސެޓު ކުޅެގެން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 21-18، 14-21 އަދި 10-21 އިންނެވެ. ކުއާޓާ ފައިނަލުގައި ނަބާ ވަނީ، ޒެމްބިއާގެ ސަލިފްޔަންޖީ ސިމްވަކާއާ ކުޅެގެން، 21-02 އާއި 21-01 އިން މޮޅުވެފަ އެެވެ.

ކުއާޓާ ފައިނަލުގައި ރާއްޖޭގެ ފިރިހެން ޑަބަލްސް ޕެއާ، ޒަޔާން އާއި ނިބާލް އަހުމަދު ކުޅުނު މެޗުން އަޒަރުބައިޖާންގެ ގަބީލޯވް އާއި ޕެންގެސްޓޫގެ ޕެއާ އަތުން ބަލިވީ 21-07، 21-09 އިންނެވެ. ނިބާލް އާއި ނަބީގެ މިކްސް ޑަބަލްސްގެ ކުއާޓާގައި ބަލިވީ އަޒަރުބައިޖާންގެ ޖާހިދު އަލްހަސަނޯފް އާއި ހާޖަރުގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 21-16، 23-21 އިންނެވެ. އަދި އަންހެން ސިންގަލްސް ކުއާޓާގައި ނަބީ ވަނީ އަޒަރުބައިޖާންގެ ހާޖަރު އަތުން 21-18، 21-18 އިން ބަލިވެފަ އެވެ.

މިއީ، ނަބީ އާއި ނަބާ، ރިވައިވަލްއާ އެކު، ވާދަކުރާ ދެ ވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތުގައި މިދިޔަ އަހަރު ޔޫގާންޑާ ސީރީސްގެ އަންހެން ޑަބަލްސް އިން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox