އަނަންތު އަމްބާނީ މަކުނުދޫއަށް: ރަށުން ދިޔައީ ތިން މުސަޅާއި ކުކުޅެއް ގަނެގެން

އަނަންތު އަމްބާނީ މަކުނުދޫއަށް: ރަށުން ދިޔައީ ތިން މުސަޅާއި ކުކުޅެއް ގަނެގެން

އިންޑިއާގެ އިތުރުން މުޅި ދުނިޔެ އިން ވެސް ފާހަގަކޮށްލެވޭ އެންމެ މުއްސަނދި އެއް މަހުޖަނު، މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު، އަނަންތު އަމްބާނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.

ޗުއްޓީ ދަތުރުގައި އަނަންތު ވަނީ ހދ. މަކުނުދޫއަށް ޒިޔާރަތްކޮށްފަ އެވެ. އެ ރަށުން ތިން މުސަޅާއި ކުކުޅެއް އޭނާ ގަތެވެ.

މަކުނުދޫއިން އަނަންތުއަށް ހިދުމަތް ދިން މުހައްމަދު ސާނިހު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އޭނާ ރަށަށް އައިސް ދިމާވުމުން އެދުނީ ޖަނަވާރުތައް ގެންގުޅޭ ތަނަކަށް ގެންގޮސް ދިނުމަށް ކަމަށެވެ.

"ރަށަށް އައީ އޭނާގެ ސެކިއުރިޓީންނާއި ޑޮކްޓަރުންނާ އެކު. ޖަނަވާރު އެއްޗެހި ހުރިތަނަކަށް ދާން ބޭނުންވީ. އެ އެއްޗެހި ގެންގުޅޭ ގެއަކަށް ގެންދިޔުމުން ތިން މުސަޅާއި ކުކުޅެއް ގަތީ،" ސާނިހް ބުންޏެވެ.

މަކުނުދޫގައި އަނަންތު 20 ވަރަކަށް މިނެޓު މަޑުކުރި ކަމަށްވެ އެވެ. ސާނިހު ބުނީ ސެކިއުރިޓީން ކައިރީގައި ތިބުމުން މާ ގިނަ ވާހަކައެއް ނުދެއްކުނު ކަމަށާއި އޭނާއަށް ރަނގަޅު ހިދުމަތެއް ދެވުނީތީ އެކަމާ އުފާވާ ކަމަށެވެ.

"އެކަހަލަ މީހަކު އައީމަ ވަރަަށް ފަހުރުވެރިވި މި ރަށަށް. ހާއްސަކޮށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވުނީމަ އުފާވި. ދަމުން ބުނި ޓިޕްސް ފޮނުވާނަމޭ ވެސް،" ސާނިހް ބުންޏެވެ.

އަނަންތުގެ އާއިލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދަނީ މަކުނުދޫ ކައިރީ އަލަށް ހުޅުވި ސޮނޭވާ ސީކްރެޓްގަ އެވެ. އޭނާ އެތަނުގައި ޗުއްޓީ ހޭދަކުރަމުން ދަނީ ދާދި ފަހުން ކައިވެނިކުރި ރާދިކާ މާޗަންޓްއާ އެކުގަ އެވެ.

މިދިޔަ ޖުލައި މަހު އަނަންތު އާއި ރާދިކާ ކައިވެނި ކުރިއިރު އެ ކައިވެންޏަކީ ދުނިޔޭގައި ވެސް މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު އެއް ކައިވެނި ހަފުލާ އެވެ. އެ ހަފުލާގައި ދުނިޔޭގެ އެކި ކަންކޮޅުން މަޝްހޫރު ގިނަ ތަރިން ބައިވެރިވި އެވެ. ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަނަންތުގެ ކައިވެނި ހަފުލާއަށް ވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox