ކްރެޑިޓު ރޭޓިން ދަށްކުރުމާ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އުޅުމާ ގުޅުމެއް އޮތް ކަމަށް ޒަމީރު ވިދާޅުވެއްޖެ

ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު ޒަމީރު އަދި އެ ވުޒާރާގެ ޓީމު: ވަޒީރު ވިދާޅުވީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދައްކުރުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރަން އުޅުމާ ގުޅެއް އޮތް ކަމަަށް ---- ފޮޓޯ: މަޖިލިސް އިދާރާ

ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ފިނޭންސް މިނިސްޓަރު ޒަމީރު އަދި އެ ވުޒާރާގެ ޓީމު: ވަޒީރު ވިދާޅުވީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދައްކުރުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރަން އުޅުމާ ގުޅެއް އޮތް ކަމަަށް ---- ފޮޓޯ: މަޖިލިސް އިދާރާ

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާއި އިޒްރޭލްގެ ޕާސްޕޯޓު މަނާކުރަން އުޅުމާ ގުޅުމެއް އޮތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކުރީ އޮގަސްޓު 29، ގަ އެވެ. މޫޑީސް އިން ރާއްޖެ ކްރެޑިޓް ރޭޓިން ސީއޭއޭ-2 އަށް ދަށްކުރީ ސެޕްޓެމްބަރު 11، ގަ އެވެ. މި ދެ އެޖެންސީން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމެއް ނުހިމެނެ އެވެ.

ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ކްރެޑިޓް ރޭޓިން ދަށް ކުރުމާއި ރާއްޖޭގެ އެތެރޭގެ ސިޔާސީ ނިންމުންތަކާ ގުޅުމެއްވާ ކަމަށެވެ.

"[ކްރެޑިޓް ރޭޓު ކުރުން] ރާއްޖޭގެ ޑޮމެސްޓިކް ޕޮލިޓިކްސް އާ ގުޅިފަ ހުންނަނީ. މިސާލަކަށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ވެގެން ވާހަކަ ދެއްކި ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ފެނުނު ބައެއް މީހުން ޓުވީޓު ކޮށްފަ އެބަހުރި. އަޅުގަނޑުމެންނަށް އެބަ އެނގޭ ކީއްކަން މި ވަނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމާ އެކަން އިއުލާނުކުރިއިރު ފޮރިން މިނިސްޓަރަކަށް ހުންނެވި ޒަމީރު މިކަމުގެ ތަފުސީލަކަށް ވަޑައިނުގަތެވެ. އެނގޭ ކަމަށް ބުނި ކަންކަމެއް ހާމައެއް ނުކުރައްވަ އެވެ.

"އެ ވަގުތު ޖަސްޓިފިކޭޝަނަކަށް ހުރީ އަޅުގަނޑުމެންގެ ރިޒާވުގެ މައްސަލަ. ކޮންމެހެން ރިޒާވަށް ހިޓުކޮށްގެން ކަމެއް ވެގެންނެއްވެސް ނޫން،" ޒަމީރު ވިދާޅުވި އެވެ.

މާލީ ވަޒީރު މިހެން ވިދާޅުވި ނަމަވެސް، ފިޗުން ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެ އެވެ.

ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ. މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހުން ހިމެނެ އެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށް ކުރި ސަބަބުތަކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ދަށްވުމާއި ދަރަނި އިތުރުވުމާއި ދަރަނި ނުދެއްކޭނެކަމުގެ ބިރު ބޮޑުވުން ހިމަނާފައިވެ އެވެ.

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާގެ އަދަދު ވެސް މި އަހަރު ދަނީ މަހަކަށްވުރެ މަހެއް ދަށްވަމުންނެވެ. ރިޒާވުގެ އަދަދު އިތުރުވީ އޯގަސްޓު މަހުގެ ތެރޭގައި އެކަންޏެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 31.5 މިލިއަން ޑޮލަރެވެ. މި އަދަދަކީ ރާއްޖޭގެ ޒަރޫރީ އިމްޕޯޓުތަކަށް މަހަކަށް ބޭނުންކުރެވޭ ވަރަށް ވުރެ މަދު މިންވަރެކެވެ.

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މީގެ ފަސް މަސް ކުރިން ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިހާރު ވަނީ ފާސްކޮށްފަ އެވެ.

މި ބިލު ލަސްވުމާ ގުޅިގެން ރައްޔިތުންނާއި ސިޔާސީންގެ އެތައް ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ސަރުކާރުން ބުނަނީ ބިލުގެ މަސައްކަތް އަދިވެސް ލަސްނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox