ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓް އުވާލައިފި

Nov 16, 2024, 3:48 AM
ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓް އުވާލައިފި

ޓިއުރިން (ނޮވެމްބަރު 16) - މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ފްރާންސްގެ ތަރި، ޕައުލް ޕޮގްބާ، ކުޅުމަށް އެނބުރި އައުމަށް ތައްޔާރުވަމުން އައި ނަމަވެސް، އޭނާ އާއި ޔުވެންޓަސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި ޕޮގްބާ، 31، އެންމެ ފުރަތަމަ، ހަތަރު އަހަރަށް ސަސްޕެންޑްކުރި އެވެ. އެހެން ނަމަވެސް ދާދި ފަހުން، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ.

އެހެންވެ، ޕޮގްބާ އަށް ޖެނުއަރީގައި، ޓީމު ޕްރެކްޓިސްތައް ރަސްމީކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އަހަރުގެ މާޗް މަހު އާދެވޭނެ އެވެ.

ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން، ޕޮގްބާ މީޑިއާތަކަށް ދިން އިންޓަވިއުއެއްގެ ތެރެއިން ވަނީ ޔުވެންޓަސްގައި މަޑުކުރަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ. އެހެން ނަމަވެސް، އެ ކްލަބާ އެކު މަޝްވަރާކޮށް މިހާރު ވަނީ އެއްބަސްވުން އުވާލައިފަ އެވެ.

ޔުވެންޓަސް އިން ބުނީ މިއީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށާއި ޕޮގްބާ އަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށެވެ. ޕޮގްބާ ވަނީ، އަލުން ޔުވެންޓަސް އަށް ކުޅެލުމުގެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށާާއި ސަސްޕެންޝަނުގައި ހުންނަން ޖެހުނު އެންމެ އުނދަގޫ ވަގުތުގައި ޔުވެންޓަސް އިން ދިން އެއްބާރުލުން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށް ބުނެފަ އެވެ.

ފްރާންސްގެ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އިން ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރެވެ. އެ ފަހަރު، އޭނާ ވަނީ ޔުވެންޓަސްއާ އެކު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox