ފުރަތަމަ މެޗަށް ވުރެން އުނދަގޫވިޔަސް ސުޒޭނަށް އިތުބާރު އެބައޮތް

Nov 16, 2024, 3:05 AM
ފުރަތަމަ މެޗަށް ވުރެން އުނދަގޫވިޔަސް ސުޒޭނަށް އިތުބާރު އެބައޮތް

ބަންގްލަދޭޝްއާ ދެކޮޅަށް މީގެ ތިން ދުވަސް ކުރިން ކުޅުނު، ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ މެޗަށް ވުރެ މިއަދު ކުޅެން ޖެހޭ މެޗު އުނދަގޫވާނެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަމަކު، އެކަންކަމަށް ވިސްނައި، ރަނގަޅަށް ތައްޔާރުވެގެން މަސައްކަތްކޮށްފިނަމަ ނަތީޖާއެއް ނެރެވޭނެ ކަމުގެ އިތުބާރު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އަލީ ސުޒޭން ބުނެފި އެވެ.

އަހަރެއް ފަހުން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، މިދިޔަ ބުދަ ދުވަހު ވަނީ ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވެފަ އެވެ. މިއީ، ބަންގްލަދޭޝްގައި ކުޅެގެން އެ ގައުމު އަތުން ރާއްޖެ އަށް ތާރީހުގައި ވެސް ލިބުނު ފުރަތަމަ މޮޅެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗުގައި މިއަދު ރާއްޖޭން ނުކުންނާނެ އެވެ.

ރާއްޖޭގެ ޓީމުގައި މެޖޯރިޓީ ހިމެނެނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުންތެރިންނެވެ. މާޒިޔާ އިން ވަނީ ދާދި ފަހުން އޭއެފްސީ ޗެލެންޖް ލީގުގައި ކުޅެފަ އެވެ. ސުޒޭން ވަނީ ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، މާޒިޔާގެ ކުޅުންތެރިންގެ ފަރާތުންނާއި ޖުމްލަކޮށް، މުޅި ގައުމީ ޓީމު އެކުގައި ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

ޗެލެންޖް ލީގުގައި މާޒިޔާގެ ކިބައިން ވެސް ފެނިގެންދިޔަ ކަމަކީ، ފުރަތަމަ މެޗުގައި ދެއްކި ކުޅުން ދެން ކުޅުނު މެޗުތަކުގައި ތަކުރާރުކުރަން އުނދަގޫވުމެވެ. ސަބަަބަކީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފަށައި، ރަސްމީ މެޗެއް ނުކުޅެ ވީ މުއްދަތު ދިގުވެފައިވުމެވެ.

ގައުމީ ފުޓްބޯޅަ ޓީމުން ވެސް ކުރު މުއްދަތެއްގެ ތެރޭގައި، ގާތްގާތުގައި ދެ ވަނަ މެޗެއް ކުޅޭއިރު، އެ ފަދަ މައްސަލައެއް ކުރިމަތިވެދާނެތޯ، "އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން ސުޒޭން ބުނީ، އެ ކަހަލަ ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ހުންނާނެ އުނދަގޫ ކަންކަން. އެކަމަކު، ގަބޫލުކުރަން ޖެހޭ، ގައުމީ ޓީމުގައި މި ހިމެނޭ ކުޅުންތެރިން އެއް ރޫހެއްގައި އެ ކުރާ މަސައްކަތް. ކަމެއް ސާބިތުކޮށްދޭން ބޭނުންވާތީ، އެއް ޖޯޝެއްގައި މޮޅުވާން ކުރި މަސައްކަތުން ނަތީޖާ ނެރެފައި އެ އޮތީ ފުރަތަމަ މެޗުގައި، އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އެ އަށް ވުރެ ރަނގަޅަށް ދެ ވަނަ މެޗުގައި ވެސް ކުރާނެ ކަމުގެ އިތުބާރު އެބައޮތް،" ސުޒޭން ބުންޏެވެ.

މިއީ، އަންނަ އަހަރުގެ މާޗް މަހުގައި ފަށާ، އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ޓީމު ކުޅޭނެ ފަހު މެޗެވެ. ސުޒޭން ބުނީ، އޭޝިއަން ކަޕް ކޮލިފައިން އަށް ދާއިރު ރަނގަޅު ރޫހެއްގައި ޓީމުގެ ކަންކަން އޮތުމަށް ބަންގްލަދޭޝް ދެ މެޗު ވަރަށް މުހިންމު ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް، އެއް އަހަރާއި ހަތަރު މަސް ވަންދެން މެޗެއް ނުކުޅެ ހުރެފައި، އޭޝިއަން ކަޕް ކޮލިފައިން އަށް ދިއުމަށް ވުރެ، ރަނގަޅު ދެ މެޗު ކުޅެގެން ނަތީޖާއަކާ އެކު ކޮލިފައިން އަށް ދިއުމަކީ ވަރަށް ރަނގަޅުވާނެ ކަމެއް، ފުޓްބޯޅަ އަށް ދިރުމެއް ވެސް ލިބޭނެ ކަމެއް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، މާޒިޔާގެ ކުޅުންތެރިންނާ އެކު، ސްކޮޑުގެ ހުރިހާ ކުޅުންތެރިން އެއްކޮށް ގިނަ ޕްރެކްޓިސްތަކެއް ކޮށްލުމަށް ފަހު، ބަންގްލަދޭޝް މެޗުތައް ކުޅެން ލިބުނުނަމަ، ފުރަތަމަ މެޗުގައި އެ ދެއްކި ކުޅުމަށް ވުރެ މާ ރަނގަޅަށް ރާއްޖެ ކުޅޭނެ ކަމަށެވެ. އެކަމަކު، މުޅި ޓީމުު އެކުގައި ލިބުނު މަދު ޕްރެކްޓިސްތަކާ އެކު ވެސް ފުރަތަމަ މެޗުގައި ދެއްކި ކުޅުމާ މެދު ސުޒޭން ހިތްހަމަޖެހެ އެވެ.

"ކުރިން ކުޅުނު ޕޮޒެޝަން ފުޓްބޯޅަ ނުލައި ވެސް، ކައުންޓަ އެޓޭކުގައި ވެސް އަހަރެމެން ރަނގަޅު ގިނަ ޗާންސްތަކެއް ކްރިއޭޓްކުރި، ހަމަ ރަނގަޅު ޗާންސްތަކެއް. ދެން، މީގެ ވިސްނަން ޖެހޭ ކައުންޓަ އެޓޭކުގައި ކުޅެން ޖެހޭ ހާލަތު އައީ ކީއްވެތޯ. ކޮންމެ ގޮތަަކަށް ކުޅުނު ކަމުގައި ވިޔަސް ހިތްވަރު ފެނިއްޖެ،" ސުޒޭން ބުންޏެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗުގައި ވެސް ސަޕޯޓަރުންގެ ހެޔޮދުއާ އާއި ގައުމީ ޓީމަށް ސަޕޯޓް ބޭނުންވާ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox