ކޯޗު ސުޒޭން އާއި ނަޒީހުގެ ބައްޕަ ހަަސަން އަލީ ނިޔާވެއްޖެ

Feb 7, 2026, 2:01 AM
ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ފެށުމުގެ ކުރިން ސުޒޭން (ވ) އާއި ނަޒީހު (ކ) އަދި ހަސަން އަލީ (މ).--- ފޮޓޯ: މިހާރު

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ފެށުމުގެ ކުރިން ސުޒޭން (ވ) އާއި ނަޒީހު (ކ) އަދި ހަސަން އަލީ (މ).--- ފޮޓޯ: މިހާރު

މަޝްހޫރު ދެ ފުޓްބޯޅަ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ނަޒީހުގެ ބައްޕަ، ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހަސަން އަލީ ނިޔާވިއިރު، އުމުރަކީ 78 އަހަރެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުގައި، މއ. އާސަހަރާ މިސްކިތުގަ އެވެ.

ސުޒޭން އާއި ނަޒީހު އަދި އިބްރާހިމް ޝިނާޒްގެ އިތުރުން ކުޅަދާނަ ގޯލްކީޕަރު ޓްރެއިނަރު، އަހުމަދު ރިޔާޒް (ގާނާ)ގެ ބައްޕަ ހަސަން އަލީ އަކީ ޒަމާންވީ ކުޅިވަރުގެ ހިދުމަތްތެރިއެކެވެ. އެ ގޮތުން، ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ފެނިގެންދިޔަ، ކްލަބް އީގަލްސްގެ މަސްއޫލުވެރިއަކީ ހަސަން އަލީ އެވެ.

މާފަންނުގައި އީގަލްސްގެ ހަރަކާތްތައް ފަށައިގަތުމުގައި އިސްކޮށް އުޅެ، ހަސަން އަލީ ވަނީ 1980ގެ ފަހުކޮޅު އީގަލްސް ރެޖިސްޓްރީކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން، އެކި ކުޅިވަރުތަކުގައި ޝާމިލުވެ އުޅުނު ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ވެސް ހަސަން އަލީ އިސް ރޯލެއް ކުޅެފައިވެ އެވެ.

ސުޒޭން އާއި ނަޒީހުގެ އަށް ބައްޕަ، ހަސަން އަލީއާ އެކު އެންމެ ބޮޑު އެއް ހަނދާނަކަށްވާނީ، 2016 ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗެެވެ. ސުޒޭންގެ ކޯޗުކަމުގައި މާޒިޔާ އިން 2-1 އިން ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅުނު ވިކްޓަރީ ބަލިކުރިއިރު، މެޗުގެ ޝަރަފްވެރި މެހެމާނަކީ އެ ދެ ކޯޗުންގެ ބައްޕަ، ހަސަން އަލީ އެވެ. މިއީ، ލީގުގެ ތާރީހުގައި ވެސް އެއްބަނޑު އެއްބަފާ ދެބެން ހަވާލުވެ ހުރި ދެ ޓީމެއްގެ ފުރަތަމަ ކުރިމަތިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox