މީޑިއާ ކޮމިޝަން ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކަލެއް: އައިއެފްޖޭ

ނޫސްވެރިކަމާ ދެކޮޅަށް ހުށަހަޅާފައިވާ ބިލު ރަމްޒުކޮށްދޭ ކުރެހުމެއް: ސަރުކާރުގެ އަމަލުތަކުން ކުރިން ވެސް މީޑިއާތަކަށް ހުރަސްއެޅި ކަން އައިއެފްޖޭއިން ފާހަގަކުރި -- ފޮޓޯ: އަދަދު

ނޫސްވެރިކަމާ ދެކޮޅަށް ހުށަހަޅާފައިވާ ބިލު ރަމްޒުކޮށްދޭ ކުރެހުމެއް: ސަރުކާރުގެ އަމަލުތަކުން ކުރިން ވެސް މީޑިއާތަކަށް ހުރަސްއެޅި ކަން އައިއެފްޖޭއިން ފާހަގަކުރި -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނެފި އެވެ.

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އައިއެފްޖޭ ގުޅިގެން ނެރުނު ޖޮއިންޓް ސްޓޭޓުމެންޓުގައި ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްތަކުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ގޮވާލައިފަ އެެވެ.

މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވައިލުމަށްފަހު އެ ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނާއި އެ ކޮމިޝަނުގެ ރައީސް އަދި ނައިބުރައީސް އައްޔަނު ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އޮތް އޮތުން ކަންބޮޑުވުމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އައިއެފްޖޭއިން ބުނެފައި ވަނީ މިހާރު ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލަކީ ދިވެހިރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި އަދި ރެގިއުލޭޝަނަށް އޮތް ބޮޑު ނުރައްކަލެކެވެ، މި ގާނޫނު ހުށަހަޅާފައި ވަނީ އިންޑަސްޓްރީ އާ އެއްވެސް މަޝްވަރާއެއް ނުކޮށް،" އައިއެފްޖޭއިން ބުނެފައި ވެ އެވެ.

"އަދި މި ބިލުގެ ސަބަބުން ބާރުގަދަ، ނުފޫޒުގަދަ މީހުން ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާ އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިންގެ ކަންކަން ބެލެހެއްޓުމުގެ ބާރު ލިބެނީ ސަރުކާރުގެ ނުފޫޒު އޮންނަ ކޮމިޝަނަކަށް. އައިއެފްޖޭއިން ގޮވައިލަނީ ޑިމޮކްރެސީ އާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގުގައި ވީހައިވެސް އަވަހަކަށް މީޑިއާތަކާ މަޝްވަރާ ހޯދަން،"

އެ ބިލު އެކުލަވައިލިއިރު، އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ބުނެފައި ވަނީ ބިލުގެ ސަބަބުން މީޑިއާގެ މިނިވަން ގެއްލި، ނޫސްވެރިންގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮންނަ މިންވަރު ނުހަނު ބޮޑުވެގެންދާނެ ކަމަށެވެ.

"މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ހައްގު އޮންނަންޖެހޭނީ އިތުރު އެއްވެސް ބައެއްގެ ނުފޫޒެއް ނެތި، އަމިއްލައަށް މީޑިއާތަކުން އެކަން ކުރެވޭނެ ގޮތެއްގައި ކަމަށް މި އެސޯސިއޭޝަނުން އަބަދުވެސް ގަބޫލު ކުރަން. އެއީ، މީޑިއާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިން ޖަވާބުދާރީ ކުރުވުން ހިމެނޭތީ،" އެމްޖޭއޭއިން ބުނެފައިވެ އެވެ.

އައިއެފްޖޭއިން ވަނީ މީގެ ކުރީގެ ސަރުކާރުތަކުގެ ނުފޫޒުން މީޑިއާ މަސައްކަތްތެރިންނާއި ޖަމިއްޔާތަކެއް ކުރިމަތިވެ، ރާއްޖޭގެ ބައެއް މީޑިއާތައް ބަންދު ކުރަންޖެހުނުކަން ފާހަގަކޮށްފަ އެވެ. އަދި މި ބިލު ފާސްކޮށްފި ނަމަ މީޑިއާގެ މިނިވަންކަން ގެއްލި މީގެ އެތައް އަހަރެއް ކުރީގައި ހައްގުތައް އޮތް ގޮތަށް ރުޖޫއަ ވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދިވެހި ޖަމިއްޔާތަކާއި ނޫސްވެރިންނާއި އިދިކޮޅު ޕާޓީތަކުން ވެސް މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ މެދު ސަރުކާރާއި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުން ސީދާ ޖަވާބެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox