ހުލާސާކޮށް އިއްޔެ: ޑޮލަރު މާރުކުރަން ރައީސްގެ އެޑްވައިޒަރުގެ ކުންފުނިން ވެސް ދެކޮޅު

Nov 15, 2024, 1:33 AM
ހުލާސާކޮށް އިއްޔެ: ޑޮލަރު މާރުކުރަން ރައީސްގެ އެޑްވައިޒަރުގެ ކުންފުނިން ވެސް ދެކޮޅު

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ކުރެވެން ނެތް ކަމަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ހިންގާ ޕަލްސް ކުންފުނިން އެންގި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޕަލްސްގެ މެނޭޖިން ޑިރެކްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރައްވައި، އެމްއެމްއޭ އަށް ފޮނުވި ސިޓީގައި ވިދާޅުވީ ޑޮލަރު މާރުކުރެވެން ނެތް ކަމަށާއި މިއީ އިންޑަސްޓްރީގެ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށެވެ.

ޕަލްސް ކުންފުނިން ހިންގާ ރިސޯޓުތަކަކީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން

  • ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހަރަދުތަކަށް ހޭދަވާކަން ނޮވެމްބަރު 2، ގައި އެމްއެމްއޭ އާއެކު ބޭއްވި ބައްދަލުވުމުގައި ބުނެފައިވާނެކަން
  • އޭގެތެރޭގައި ސަޕްލަޔަރުންނަށް ދޭ ފައިސާ އާއި މުވައްޒަފުންނަށް ދޭ މުސާރަ އަދި ލޯނު ދެއްކުމަށް ޑޮލަރުން ކުރާ ހަރަދުތައް ހިމެނޭކަން
  • މި ހަރަދުތައް ކޮށްފައިވާ ގަވާއިދުގެ ދަށުން މާރުކުރަން މަޖުބޫރުކުރާ އަދަދަށް ޑޮލަރު ނުހުންނަކަން
  • ބޮލަކަށް ޑޮލަރު މާރުކުރަން ކަނޑައެޅި 500 ގެ ރޭޓަކީ ސަބަބުވެރި އަދަދެއް ނޫންކަން
  • މިކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިތަކަށް ގެއްލުންވެ ސްޓޭބިލިޓީ ގެއްލޭނެކަން

"މި ސަބަބުތަކަށް ބިނާކޮށް އެމްއެމްއޭގެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރެވެން ނެތްކަން ދަންނަވަން. އަދި، މި ކަންކަމަށް ރިއާޔަތްކޮށް ގަވާއިދާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް އުންމީދުކުރަން،" ހަލީލުގެ ސިޓީ ނިންމާލަމުން ވިދާޅުވެފައިވެ އެވެ.

ހަލީލުގެ އިތުރުން، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ އެ ބޭފުޅުންގެ ރިސޯޓުތަކުން ވެސް ޑޮލަރު މާރުކުރެވެން ނެތްކަން އެމްއެމްއޭއަށް ސިޓީއަކުން އަންގައިފަ އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ރޭ ވިދާޅުވީ އެ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ މިހައިތަނަށް 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox