ކައުންސިލްތަކުގެ އެސޯސިއޭޝަނުން ބުނަނީ 2025 ގެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް

މޯލްޑިވްސް ކައުންސިލް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: 2025 ގެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް އެ ޖަމިއްޔާއިން ބުނޭ -- ފޮޓޯ: އެމްއެލްސީއޭ

މޯލްޑިވްސް ކައުންސިލް އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: 2025 ގެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް އެ ޖަމިއްޔާއިން ބުނޭ -- ފޮޓޯ: އެމްއެލްސީއޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގާނޫނުގައި ބުނާ މިންވަރަށްވުރެ މަދު އަދަދެއް ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނާފައިވުމުން، އެ ބަޖެޓު ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ލިބެންވާ ވަސީލަތްތައް ސާފުކޮށް ބަޔާން ކޮށްފައިވާހިނދު، ސަރުކާރުން އޮކްޓޯބަރު 30، ގައި މަޖިލީހަށް ހުށަހެޅި ބަޖެޓު ވެގެންދިޔައީ ލާމަރުކަޒީ ގާނޫނުގެ 79 މާއްދާގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށެވެ.

"2025 ގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަޑައަޅާފައިވާއިރު، ކައުންސިލްތަކަށް ކަޑައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާ. މިއީ ލާމަރުކަޒީ ގާނޫނުގައި ބުނާ މިންވަރަށްވުރެ މަދު އަދަދަކަށް ވުމުން ބަޖެޓަކީ ލާމަރުކަޒީ ޤާނޫނާ ހިލާފު ބަޖެޓެއްކަން ކައުންސިލްތަކުގެ ޖަމިއްޔާއިން ފާހަގަ ކުރަން،" އެ ޖަމިއްޔާއިން ބުންޏެވެ.

ކައުންސިލްތަކުން ބްލޮކް ގްރާންޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު 2024 ގެ ސަޕްލިމެންޓަރީ ބަޖެޓުން 699 މިލިއަން ރުފިޔާ 2025 ގެ ކައުންސިލްތަކުގެ ގްރާންޓަށް އިތުރު ކުރުމަށް ނިންމި ނަމަވެސް، 2025 ގެ ބަޖެޓުން ދޭންޖެހޭ ބްލޮކް ގްރާންޓް ސަޕްލިމެންޓްރީ ބަޖެޓުން ގާނޫނު ބުނާ ގޮތުން ދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

އޭގެއިތުރުން އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި 2024 ގެ ސަޕްލިމެންޓްރީ ބަޖެޓު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު، ސަޕްލިމެންޓްރީ ބަޖެޓުގައި ލާފަކުރާ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދޭން ކަނޑައަޅާފައި ނުވެ އެވެ.

ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނީ މުޖުތަމައުތައް ބާރުވެރިކޮށް، ތަރައްގީގެ ކަންކަމުގައި މުޖުތަމައުތަށް ބޭނުންވާ ގޮތަށް ކަންކަން މިސްރާބު ކުރަން ލިބުނު ފުރުސަތަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އަށް ވަނަ އިސްލާހުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ ގޮތުގައި ލަފާ ކުރާ އަދަދުގެ މަދުވެގެން ފަސް ޕަސަންޓު އަދި ކައުންސިލްގެ އިހްތިސާސް ތެރޭގައި ނުހިމެނޭ ބިމާއި، ފަޅާއި، ފަރުގެ 40 ޕަސަންޓު ކުލި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ލިބިގެންދިއުން ކަމަށެވެ.

"ދައުލަތުން ބަޖެޓް ހަދާއިރު އެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރަން ނިންމާ ފައިސާގެ މިންވަރު ކަނޑައަޅަނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން އަދި ކިހައިވެރެއްކަން ސާފުކޮށް ބުނެދިނުމަކީ ދައުލަތުން ކުރަންޖެހޭނެ ކަމެއް. 2025 ގެ ދައުލަތުން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅައި، އެ މަޖިލީހުގެ ބަހުސް މަރުހަލާގައި ބަޖެޓަށް ބަހުސް ކުރާނެ މެންބަރަކު ނެތިގެން ބަޖެޓް ޖަލްސާ ނިންމާލަން ޖެހުނުކަމީ ވެސް ކަންބޮޑުވާ ކަމެއް،" އެ ޖަމިއްޔާއިން ބުންޏެވެ.

ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ، މާލީގޮތުން ބާރުވެރި ވުމަކީ މުޖުތުމަޢުތަކުގެ ވިލުންތެރިކަމާ، ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު މަތިވުމަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.

ކަން މިހެން ހުރި ހިނދު، މުޖުތަމަޢުތަކުގެ ތަރައްޤީގެ މިސްރާބު ބައްޓަން ކުރަން މުޖުތަމަޢުތަކަށް ލިބިފައިވާ ހަނި ފުރުސަތަށް ހިޔަނި ނޭޅޭނެހެން ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ކަންކަން ތަރުތީބު ކުރުމަށް ކައުންސިލްތަކުގެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

އަދި، ކައުންސިލްތަކަށް ގާނޫނުގެ ދަށުން ލިބެންވާ ވަސީލަތްތައް އުނިކަމެއް ނުގެނެސް ފޯރުކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox