ފާޑުކިޔުން އަމާޒުވުމުން ނިންމުން ބަދަލުކޮށް، "ދޭދަރު" ފިލްމު 20 ވަނަ ދުވަހުގެ ރޭ އެޅުވުމުގެ ހުއްދަ ދީފި

ކަޒްމިކް އިންޓަނޭޝަނަލުން ކުރި ޕޯސްޓެއްގައި ބުނީ "ދޭދަރު ރުއިން" ގެ ޕްރިމިއާ ޝޯ ބާއްވަން ބުކް ކޮށްފައި އޮތް ތާރީހުގައި އެ ފިލްމު އެޅުވޭނެ ކަމުގެ ޔަގީންކަން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ދީފައިވާ ކަމަށް --

ކަޒްމިކް އިންޓަނޭޝަނަލުން ކުރި ޕޯސްޓެއްގައި ބުނީ "ދޭދަރު ރުއިން" ގެ ޕްރިމިއާ ޝޯ ބާއްވަން ބުކް ކޮށްފައި އޮތް ތާރީހުގައި އެ ފިލްމު އެޅުވޭނެ ކަމުގެ ޔަގީންކަން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ދީފައިވާ ކަމަށް --

ދިވެހި ޕްރޮޑަކްޝަން ހައުސް، ކަޒްމިކް އިންޓަނޭޝަނަލުން އުފެއްދި "ދޭދަރު ރުއިން" ފިލްމު ޕްރިމިއާ ކުރުމަށް މިމަހުގެ 20 ވަނަ ދުވަހަށް އޮލިމްޕަސް ބުކް ކުށްފައި އޮއްވައި، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ކަމަށް ބުނެ އެ ބުކިން ކެންސަލް ކުރަން ނިންމި ނިންމުން ބަދަލުކޮށް، އެރޭ ފިލްމު އެޅުވުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

ސޯޝަލް މީޑިއާގައި ކަޒްމިކް އިންޓަނޭޝަނަލުން ކުރި ޕޯސްޓެއްގައި ބުނީ "ދޭދަރު ރުއިން" ގެ ޕްރިމިއާ ޝޯ ބާއްވަން ބުކް ކޮށްފައި އޮތް ތާރީހުގައި އެ ފިލްމު އެޅުވޭނެ ކަމުގެ ޔަގީންކަން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ދީފައިވާ ކަމަށެވެ.

"ދޭދަރު ރުއިން ފިލްމު ޕްރިމިއާ ކުރަން އޮތް ތާރީހުގެ ބުކިން ކެންސަލް ކުރަން ނިންމި ނިންމުން ބަދަލު ކޮށްފައިވާކަން އަޅުގަނޑުމެންނަށް ވަނީ އެންސީއޭއިން އަންގާފައި، އަޅުގަނޑުމެންގެ ހައްގު ނިގުޅައިނުގަނެ، މާބޮޑު ގެއްލުމެއް ނުލިބި މި މައްސަލަ ހައްލު ކުރެވުނީތީ އެކަމާ އުފާކުރަން،" ކަޒްމިކުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ޕްރޮޑަކްޝަން ހައުސްއިން ބުނީ އެ މައްސަލަ ހައްލު ކުރެވުމަކީ އެންސީއޭ އާއި ދިވެހި ފަންނާނުންނާ ދެމެދު އޮންނަ އިތުބާރު އާލާކުރުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ކަޒްމިކް އިންޓަނޭޝަނަލްގެ ބުކިން ކެންސަލް ކުރަން އެންސީއޭއިން ނިންމީ އެ ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުކުރި "ދޭދަރު ރުއިން" ފިލްމު މިމަހުގެ 20 ވަނަ ދުވަހު ޕްރިމިއާ ކުރަން ނިންމައި މީގެ އަހަރެއްހައި ދުވަސް ކުރިން އޮލިމްޕަސް ބުކްކޮށް މީގެ ހަތަރު ވަރަކަށް މަސް ކުރިން ބުކިންއަށްވާ ފައިސާ ވެސް ދައްކައިފައި އޮއްވަ އެވެ.

ކަޒްމިކްގެ ބުކިން ކެންސަލް ކުރަން އެންސީއޭއިން ނިންމީ ސަރުކާރަށް އަހަރެއްވުން ފާހަގަ ކުރުމަށް މިމަހުގެ 17، 18، 19 ގައި ބާއްވާ ސިލްސިލާ ޝޯތައް، އެއް ދުވަސް ފަހުން ފަށައި 20 ނޮވެމްބަރުގައި ނިންމާ ގޮތަށް ތާވަލަށް ބަދަލު ގެނައުމުންނެވެ.

ދޭދަރު ރުއިން ފިލްމަކީ ކަޒްމިކް އިންޓަނޭޝަނަލް އާއި އައިފިލްމްސް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ކަޒްމިކްގެ ދެވަނަ ފިލްމެވެ. މި ފިލްމުން މަޝްހޫރު ފިލްމީ ތަރި، ޝަރަފް އަބްދުﷲ އާއި މައިހާ އާދަމް އައި ހާޒިފް މުހައްމަދު ފެނިގެންދާއިރު، މުޅިން އަލަށް ދާއިރާއަށް ތައާރަފުވާ މޫސާ ރަޝީދުގެ އިތުރުން ނޭޕާލަށް ނިސްބަތްވާ އެކްޓްރެސް، ސުޝްމާ ސުބެޑީ ވެސް ފެނިގެންދާނެ އެވެ.

އައްޒާމްގެ ފުރަތަމަ ޑައިރެކްޝަންގެ ދަށުން ތައްޔާރު ކޮށްފައިވާ "ދޭދަރު ރުއިން" އަކީ އިންސާނީ ވަގުފާރި އާއި ގޭންގު ވައޮލެންސް ފެނިގެންދާނެ ފިލްމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox