އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ ވިސްނުން ދޫކޮށް, ސްޓެލްކޯއާ އެއްކޮށްލަން ވިސްނަނީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު. -- ފޮޓޯ: އަދަދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު. -- ފޮޓޯ: އަދަދު

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ހެދުމާ މެދު ދެވަނަ ވިސްނުމަކަށް ގޮސް، ކަރަންޓު ކުންފުނި ސްޓެލްކޯގެ ދަށަށް ބަދަލުކުރެވޭނެ ގޮތްތަށް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ފުރަތަމަ ހާމަކުރީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅެވެ.

އޭރު ރައީސް އޮފީހުން ބުނީ، މި އަހަރު ނިމުމުގެ ކުރިން ދެ ކުންފުނި އެއްކޮށްލަން ކެބެނިޓުގެ މަޝްވަރާއާ އެކީ ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ފެނަކައިގެ ހިންގުން ރަނގަޅުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައި ވެ އެވެ.

އެސްޓީއޯ އާއި ފެނަކަ އެއްކޮށްލަން ނިންމި އިރު، ފެނަކައިން އެންމެ ބޮޑު އަދަދެއް ދަރާފައި ވަނީ އެސްޓީއޯއަށެވެ. އެއީ ފެނަކައިން ކަރަންޓު އުފައްދަން އެސްޓީއޯއިން ކްރެޑިޓުގައި ދޫކުރި ތެލަށް ދައްކަން ޖެހޭ ފައިސާ އެވެ. ފެނަކައިގެ މެނޭޖުމަންޓާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުގައި މި އަދަދު ދެ ބިލިއަން ރުފިޔާއާ ގާތްކުރެ އެވެ.

މިހެން ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، ފެނަކައިގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ދިރާސާކޮށް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ގެންނާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ދީފައި އޮތީ، ސިނާޖީ ހާސިލުކުރެވޭނެ ގޮތަކަށް ސްޓެލްކޯއާ އެއްކޮށްލުމެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލިއިރު، ރައީސްގެ ނިންމެވުމާ ގުޅިގެން އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި އެ ކުންފުނީގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ބުންޏެވެ. އަދި އެކަމަށް ޓަކައި ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަމަކު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު ކުންފުންޏަކީ ވެސް ފެނަކަ އެވެ. އެ ކުންފުނީގެ މެނޭޖުމަންޓުތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މީގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ވެސް ބުރޫއަރާފައި ވެ އެވެ.

ސަރުކާރުން މިހާރު ވިސްނާ ގޮތަށް އެއް ވައްތަރުގެ މަސައްކަތް ކުރާ ކުންފުނިތައް އެއްކޮށްލުމަކީ ވޯލްޑް ބޭންކުން ލަފާދޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox