މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުކުރީ "ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ދިނުމާ ގުޅިގެން

މީޑިއާ ކައުންސިލްގެ މެންބަރުން މިއަދު މަޖިލީހުގެ ކޮމިޓީ ގައި : މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުކުރީ "ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ދިނުމާ ގުޅިގެން ކަމަށް މެންބަރު މީކާއިލް ވަނީ ވިދާޅުވެފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީޑިއާ ކައުންސިލްގެ މެންބަރުން މިއަދު މަޖިލީހުގެ ކޮމިޓީ ގައި : މީޑިއާ ކައުންސިލް މަޖިލީހަށް ހާޒިރުކުރީ "ސްކީލާން" ޑޮކިއުމެންޓަރީއަށް އެވޯޑު ދިނުމާ ގުޅިގެން ކަމަށް މެންބަރު މީކާއިލް ވަނީ ވިދާޅުވެފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރީ މިދިޔަ މަހު ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އިނާމުގައި އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑާ ގުޅިގެން ކަމަށް އެ ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްސީ ހާޒިރުކޮށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ ބައްދަލުވުން ސިއްރުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ޖީ ސްކީލާން، ޑޮކިއުމެންޓްރީއަށް މީޑިއާ ކައުންސިލުން ދިން އެވޯޑުގެ މައްސަލައިގަ އެމީހުން ހާޒިރުކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށްގެންދާކަމީ ނޫސްވެރިކަމަށް އޮތް ބިރެއް،" މީކާއިލް ލިޔުއްވާފައިވެ އެވެ.

މިކަމާ ގުޅިގެން އޭނާއާ ސުވާލުކުރުމުން ވިދާޅުވީ، ހާޒިރުކުރުމުގެ ބޭނުމުގެ ގޮތުގައި މަޖިލީހުން އެކި ބަހަނާ ދެއްކި ނަމަވެސް އެމްއެމްސީ ގެ މެންބަރުން މިއަދު ހާޒިރުކުރީ އެވޯޑާ ގުޅިގެން ކަމަށެވެ. އެ ބައްދަލުވުން މިވަގުތު އެބަ ކުރިއަށްދެ އެވެ.

އެމްއެމްސީ މަޖިލީހަށް ހާޒިރުކޮށް، ސިއްރުން ސުވާލުތަކެއް ކުރަން ނިންމާފައި މިވަނީ "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑު އަތުލުމާމެދު ގޮތެއް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުނެފައިވަނިކޮށެވެ.

ސްކީލާން ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުމުން ކަން ހިނގި ގޮތް

  • ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބުމުން ސަރުކާރުގެ ބައެއް ވެރިންނާއި ސަޕޯޓަރުންގެ ފާޑުކިޔުން
  • މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި، ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަން މެނޭޖަރު އަހުމަދު މުސްތަފާ އޮކްޓޯބަރު 31, 2024 ގައި ޕީއެސްއެމްއިން ވަކިކުރުން. އޭނާގެ މައްޗަށް ތުހުމަތު ކުރީ، ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި މައްސަލަ. އެ ބުނާ ކޮންޓެންޓަކީ ސްކީލާން ޑޮކިއުމެންޓްރީގެ ވީޑިއޯ ކްލިޕެއް.
  • މީޑިއާ ކައުންސިލުން އެ ވީޑިއޯ ދައްކާފައިވަނީ ރާވާއިގެން ގަސްދުގައި ކަމަށް ބުނެ، އެ ކައުންސިލްގެ މައްސަލަ ޕީއެސްއެމްއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި.
  • ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ބޯޑުގެ ނިންމުން ބަދަލުކޮށް، މުސްތަފާގެ ވަޒީފާ، ނޮވެމްބަރު 1, 2024 ގައި އިޔާދަކުރި
  • ވަޒީފާ އިޔާދަކުރި ފަހުން މުސްތަފާ ސްކީލާން ޑޮކިއުމެންޓަރީއާ ދެކޮޅަށް ބަޔާނެއް ނޮވެމްބަރު 1, 2024 ގައި ނެރުނު.
  • އެމްއެމްސީގެ ހަ ފަނޑިޔާރުން ވެސް ނޮވެމްބަރު 1, 2024 ގައި ނެރުނު.
  • މީޑިއާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ނޮވެމްބަރު 2, 2024 ގައި ބޭއްވި. އެ ބައްދަލުވުމުން ނިންމީ އެވޯޑާ ގުޅޭ ތުހުމަތުތައް ބަލަން. އަދި ސްކީލާން އަށް ލިބުނު އެވޯޑު އަތުލުމާމެދު ގޮތެއް ނިންމަން.
  • ނޫސްވެރިކަމުގެ އެވޯޑު މައްސަލައެއް ތަހުގީގު ކުރަން އޭސީސީން މީޑީއާ ކައުންސިލަށް ވަން. ގެންދިޔައީ މާކްސް ޝީޓުތައް
  • ދޮންމަންމާފުޅު ކުރެއްވި ތަރިކައާ ގުޅޭ ތުހުމަތުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ޖަވާބުދާރީވެވަޑައިގެންނެވީ ނޮވެމްބަރު 6, 2024 ގައި.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox