މީޑިއާ ކައުންސިލު ހާޒިރުކުރި މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީ މިއަދު ވަނީ ސިއްރުކޮށްފަ ---- ފޮޓޯ: މަޖިލިސް އިދާރާ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީ މިއަދު ވަނީ ސިއްރުކޮށްފަ ---- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކުރި ބައްދަލުވުން ސިއްރުކުރަން އެ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެމްއެމްސީ ހާޒިރުކޮށް ސުވާލުކުރުމާއި ކޮމިޓީގައި ހުރި އެހެން މަަސައްކަތްތަކެވެ.

ބައްދަލުވުން ފެށުމާއެކު، މިއަދުގެ އެޖެންޑާގައި ހުރި ކަންތައްތަކަކީ މަސްލަހަތު ފުށޫއަރާ ކަންކަން ކަމަށް ބުނެ ސިއްރުކުރަން ހުށަހެޅީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.

މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ ވޯޓުންނެވެ. ސިއްރުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް މަޖިލީހަށް ހާޒިކުރަން ނިންމީ މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "އަގުވައްޓާލަން ދޮގު ހަބަރު ފަތުރާ" ނޫސްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އަދި، އެ ކައުންސިލުން ބާއްވާ ނޫސްވެރިކަމުގެ ގައުމީ އިނާމުގެ ހަފުލާ ބޭއްވިތާ 24 ގަޑިއިރު ނުވަނީހެވެ.

އެކި މީޑިއާތަކުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ރައީސް އޮފީހުން މި އަހަރު ތެރޭ މީޑިއާ ކައުންސިލަށް 75 މައްސަލައެއް ހުށަހެޅި ކަމަށް އޯގަސްޓު 20، ގައި އެ ކައުންސިލުން ބުންޏެވެ.

މީގެއިތުރުން، މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލާ ނޫސްވެރިންނާއި ނޫސްތައް ޖޫރިމަނާކޮށް މީޑިއާތައް ބަންދުކުރެވޭ ގޮތަށް މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅާފަ އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox