ނޫސްތައް ޖޫރިމަނާ ކުރާ ބިލުގައި ރައީސް އޮފީހުގެ މައްސަލަ ފުނި ވެސް ބެލުމުގެ ބާރު

ނޫސްތައް ޖޫރިމަނާ ކުރާ ބިލުގައި ރައީސް އޮފީހުގެ މައްސަލަ ފުނި ވެސް ބެލުމުގެ ބާރު

ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދައި، ނޫސްތަކާއި ޓީވީ ޗެނަލްތައް އަދި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލުގައި ރައީސް އޮފީހުގެ މައްސަލަ ފުނި ވެސް ބެލުމުގެ ބާރު ދިނުން ހިމަނައިފި އެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނަށް އަމަލު ކުރަން ފެށުމުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެ ދެ ކޮމިޝަނުން ބަލަމުން އައި މައްސަލައެއް ނުނިމިވާނަމަ އެ މައްސަލައެއް ބަލާނީ އަލަށް އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ބައިވެރިވާ އެއްވެސް މައްސަލައެއް ނުވަތަ މުއާމަލާތެއް ނުނިމިވާނަމަ، އެ މައްސަލައެއް ނުވަތަ މުއާމަލާތެއްގެ ބައިވެރިޔަކަށް ވާނީ ވެސް އަލަށް އުފައްދާ ކޮމިޝަން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ ޖުލައި ގައި ބުނީ އެ ކައުންސިލަށް 94 ޕަސަންޓް ޝަކުވާ ހުށަހަޅާފައި ވަނީ ދައުލަތުގެ އެކި އިދާރާތަކުން ކަމަށެވެ. އެގޮތުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ރައީސް އޮފީހުން 75 މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވެ އެވެ.

އެ 75 މައްސަލައާ ގުޅިގެން އެމްއެމްސީން ވަނީ ރައީސް އޮފީހުގެ ޓީމަކާ ބައްދަލުވެސް ކޮށްފަ އެވެ. އެ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީން ބައްދަލުކުރި ރައީސް އޮފީހުގެ ޓީމު ލީޑުކުރެއްވީ ޕޮލިސީ އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.

ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި "އަދަދު" ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓަރީ އާއި އެވާހަކަ ގެނެސްދިން ހަބަރުތަކުގެ މައްސަލަ ވެސް ހިމެނެ އެވެ.

މިހާތަނަށް ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހެޅި މައްސަލަ ފުނި މިހާތަނަށް އެއްކޮށް ބަލައި ނިމިފައެއް ނުވެ އެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައި ވަނީ ސަރުކާރުން މީޑިއާތަކާ ގުޅޭ ބިލެއް ހުށަހަޅާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ބިލު ސަރުކާރުން ތައްޔާރުކުރިއިރު މީޑިއާތަކާ އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox