މިއީ ރައްޔިތުންގެ މަންދޫބުންގެ އަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލުވާލާ ފުރަތަމަ ބަޖެޓު: މީކާއިލް

ބަޖެޓު ބަހުސްގައި މީކާއިލް ވާހަކަ ދައްކަވަނީ. ސަރުކާރުން ހަރަދު ކުރަމުންދާ ގޮތުގެ ތަފްސީލުތައް ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި ---- ފޮޓޯ: މަޖިލިސް އިދާރާ

ބަޖެޓު ބަހުސްގައި މީކާއިލް ވާހަކަ ދައްކަވަނީ. ސަރުކާރުން ހަރަދު ކުރަމުންދާ ގޮތުގެ ތަފްސީލުތައް ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި ---- ފޮޓޯ: މަޖިލިސް އިދާރާ

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންގެ މަންދޫބުންގެ އަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލުވާލާ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ބަޖެޓު ބަހުސް ފަށާފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއިލް ވަނީ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހިއްސާކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި, ސަރުކާރުން ހުށަހަޅާފައިވާނީ ގާނޫނާ ހިލާފު ބަޖެޓެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ވަކި އަދަދެއް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޭން ޖެހޭނެ ކަމަށް ބުނެ ގާނޫނުގައި, މިއީކީ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން, ފިނޭންސް މިނިސްޓަރު އަރިހަށް ކުރާ ޒިޔާރަތަކުން ކަނޑައެޅޭ އަދަދެއް ނޫން ކަމަށް މަޖިލީހުން ނިންމީ މުހިންމު ބޭނުމަކަށް. ނަމަވެސް ދައުލަތުގެ ބަޖެޓު ހުށަހެޅިގެންދާއިރު ކަނޑައެޅިގެން ގާނޫނާ ހިލާފު އަދަދުތަކެއް ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި އޮތީ," ގާނޫނާ ހިލާފު ކަމަށް ދެކެވަޑައިގަންނަވާ ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް އަހަރެއް ވާން ދާއިރު މި ސަރުކާރުގެ އޮއްޓަރެއް ނެތް, ދެއުޅިއެއްނުވާ ސަރުކާރެއް ނުދެކޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓު ހަތް ބިލިއަން ރުފިޔާ އިތުރު ކަމަށާއި ހަރަދު ކުޑަ ކުރުމަށް ކުރި އެއްވެސް ކަމެއް ބަޖެޓުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންނަށް ކުރާ ހޭދަ އަންނަ އަހަރު 37 ޕަސެންޓު އިތުރުވާ ކަމަށާއި މި ސަރުކާރުގައި 2,200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން ބަޖެޓުން ސާފުވާ ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ. ސަބްސިޑީތައް ކަނޑާލުމާއެކު އާންމު ރައްޔިތުންގެ ޖީބަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓާގެޓެޑް ސަބްސިޑީތަކަށް ދިޔުމަށް ސަރުކާރުން ކުއްލިއަކަށް މިސްރާބު އަނބުރާލާއިރު އެކަމަށް އެއްވެސް ރޭވުންތެރިކަމެއް ނެތް. އެކަން ކުރާނެ ޕްލޭނެއް ނެތް. މިހާތަނަށް ޓާގެޓެޑް ސަބްސިޑީތައް ދޭނީ ކޮން ބަޔަކަށްތޯ ކަނޑައަޅާނެ ދަފްތަރެއް ވެސް ސަރުކާރަށް އެކުލަވާލެވިފައި ނެތް. އެހެންވީމާ ކުއްލި ގޮތަކަށް އަންނަ އަހަރު ކަރަންޓުން ސަބްސިޑީ ކަނޑާލާއިރު, ކާބޯތަކެތިން ސަބްސިޑީ ކަނޑާލާއިރު ޑައިރެކްޓް ސަބްސިޑީ ދެން ދޭނީ ކޮން ބަޔަކަށްތޯ ރައްޔިތުންނަކަށް ނޭނގޭ," މީކާއިލް ވިދާޅުވި އެވެ.

"އެއްވެސް މައުލޫމާތެއް ނެތް. 2025 ވަނަ އަހަރަށް ރައްޔިތުން މިދަނީ ކަނު އަނދިރީގައި ތިބެގެން."

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓު ކޮށްފައިވާ 12 ބިލިއަން ރުފިޔާއަށް ކުރީ ކޮން ކަމެއްތޯ ވިދާޅުވެ މީކާއިލް ސުވާލު އުފެއްދެވި އެވެ. އަންނަ އަހަރަށް ބަޖެޓެއް ފާސްކުރަން ހުށަހެޅިއިރު މިދިޔަ އަހަރު ފާސްކުރި ބަޖެޓުން ހޭދަކުރި ގޮތުގެ ތަފްސީލުތައް ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ މި ބަޖެޓަށް ފާރަވެރި ވާނީ. ކިހިނެއްތޯ މި ބަޖެޓުގައި ޖަހާފައި ހުރި ތަފާސްހިސާބުތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވާނީ. އެއްވެސް މަގެއް ނެތް. މި ބަޖެޓަކީ ދިވެހިރާއްޖޭގެ ހަޔާތުގައި ވެސް ރައްޔިތުންގެ މަންދޫބުންގެ އަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު, މަގު, އެ ފުރުސަތު ގެއްލުވާލާ ފުރަތަމަ ބަޖެޓު," މީކާއިލް ވިދާޅުވި އެވެ.

ސަރުކާރުން ބަޖެޓު އެކުލަވާލާފައިވަނީ 2025 ވަނަ އަހަރު ސަރުކާރުގެ މަސައްކަތްތައް ވަޒަން ނުކުރެވޭ ގޮތަށް ވަރަށް ހީލަތްތެރިކޮށް ކަމަށް މީކާއިލް ވިދާޅުވި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ އަދަދު އޮތީ މިއަހަރަށް ވުރެ މަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުން އެކަމަށް 10.9 ބިލިއަން ކަނޑައަޅާފައި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓުގައި އޮތީ 7.9 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox